Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބީއެމްއެލްއިން މާލޭގެ ގެއެއް އަގު ދަށްކޮށް ވިއްކާލަން އިޢުލާނުކޮށްފި

ބީއެމްއެލްއިން މާލޭގެ ގެއެއް އަގު ދަށްކޮށް ވިއްކާލަން އިޢުލާނުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
457 ދުވަސް ކުރިން - 10 މާޗް 2025 23:54
ބީއެމްއެލްގެ ކަސްޓަމަރ ސާވިސް ބްރާންޗް/ ފޮޓޯ: ޚުލާސާ
ބީއެމްއެލްގެ ކަސްޓަމަރ ސާވިސް ބްރާންޗް/ ފޮޓޯ: ޚުލާސާ
ޚުލާސާ

މ. ނާއިންފަރުއާގެ ވިއްކާލަން ނިންމާފައިވަނީ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެންކަމަށް ބީއެމްއެލްއިން ހާމަކުރި.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގެ ގެއެއް ނީލަމުގައި ވިއްކާލުމަށް ކުރިން ކަނޑައެޅި އަގަށްވުރެ ދަށް އަގެއްގައި ވިއްކާލުމަށް އިޢުލާނު ކޮށްފިއެވެ.

ބޭންކުން ބުނީ، ވިއްކާލަން ހަމަޖެހިފައިވަނީ ސަންފްރަންޓް ލައިޓްޝޮޕް ގޯޅިތެރޭގައި ހުންނަ މ. ނާއިންފަރުއާގެ ކަމަށެވެ. މި ގެ ވިއްކާލަން ނިންމާފައިވަނީ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ކަމަށް ބީއެމްއެލްއިން ހާމަކުރިއެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދިންގޮތުގައި، މި 792 އަކަފޫޓުގެ ގެ ވިއްކާލުމަށް ނީލަން ފެށޭ އެންމެ ދަށް އަގަކީ 8 މިލިއަން ރުފިޔާއެވެ. މިއީ ކުރިން މި ގެ ވިއްކާލުމަށް ކަނޑައަޅާފައިވާ 10 މިލިއަން ރުފިޔާއަށްވުރެ 2 މިލިއަން ރުފިޔާ ދަށް އަގެކެވެ.

Advertisement

Advertisement 1

ބޭންކުން ބުނީ، މި ގެ ގަތުމަށް ނީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށެެވެ. އަދި ގެ ވިއްކާލެވޭނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ، އެންމެ މަތީ އަގު ހުށަހެޅި ފަރާތް ކަނޑައަޅާނީ އެ އަގު ބަދަލުނުވެ ފަސް ދުވަހު ދެމިއޮތުމުންކަމަށެވެ. އަދި ނީލަމުގައި އެންމެ މަތީ އަގު އިޢުލާނުކުރާނީ މުއްދަތު ހަމަވާ ދުވަހު، އެ ވަގުތު ހާޒިރުވެ ތިބޭ ފަރާތްތަކުގެ ކުރިމަތީގައި ކަމަށް ވެސް ބޭންކުން ބުންޏެވެ.

އެގޮތުން، ބޭންކުން އަންގާފައިވާ ގޮތުގައި، އެންމެ މަތީ އަގު ހުށަހެޅި ފަރާތުން ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، އެ ހުށަހެޅުން ބާޠިލުކޮށް، ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ގެ ވިއްކާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.

މި ގެ ވިއްކާލުމަށް މީގެ ކުރިން ދެ ފަހަރު އިޢުލާނު ކޮށްފައި ވާއިރު، އެ ދެ ފަހަރު ވެސް ނީލަން ފެށޭ އެންމެ ދަށް އަގަކަށް ކަނޑައަޅާފައި ވަނީ 10 މިލިއަން ރުފިޔާއެވެ.

ބީއެމްއެލް
Ad
Ad

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

2 ދުވަސް ކުރިން - 10:07

ރާއްޖޭގެ އިގްތިސާދު އައު ހަރުފަތަކަށް: އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

3 ދުވަސް ކުރިން - 09:09

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

6 ދުވަސް ކުރިން - 04:34

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

10 ދުވަސް ކުރިން - 13:39

ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން 30 މުވައްޒަފުންނާއެކު ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި

ބީއެމްއެލްއިން ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި

28 ދުވަސް ކުރިން - 16:37

ހަބަރާއި މައުލޫމާތުގެ ސައްހަކަން ދެމެހެއްޓުމަކީ އިގްތިސާދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް: ޝަރީފް

"މައުލޫމާތުގެ ސައްހަކަން ދެމެހެއްޓުމަކީ އިގްތިސާދީ ހަމަޖެހުމެއް"

30 ދުވަސް ކުރިން - 15:21