އޭއެފްސީ އޭޝިއަން ކަޕް ސައުދީ އަރަބިއާ 2027 ގެ ކޮލިފައިންގ ފައިނަލް ރައުންޑުގެ ފުރަތަމަ މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން މިއަހަރު ކުޅޭ ފުރަތަމަ މެޗަކީ އެކުވެރި އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗެވެ.

އިންޑިއާގެ "ބްލޫ ޓައިގަރުން" މާރޗު 19 ގައި ދިވެހިރާއްޖެއާ ދެކޮޅަށް ނުކުންނައިރު ގައުމީ ޓީމުގެ ހެޑް ކޯޗު މަނޯލޯ މާރކުއެޒް، 6 މާރޗު 2025 ވަނަ ދުވަހު އިޢުލާނުކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި ސުނިލް ޗެޓްރީ ހިމެނިފައިވާކަން ފާހަގަކުރެވެއެވެ. އޭނާއަކީ މިދިޔަ އަހަރުގެ ޖޫން މަހު ގައުމީ ޓީމުން ރިޓަޔަރކުރި ކުޅުންތެރިއެކެވެ.

ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ އިންޑިއާއަށް އޭޝިއަން ކަޕަށް ތައްޔާރުވުމުގެ ގޮތުން މުހިންމު މެޗަކަށް ވާނެއެވެ. ޗެތްރީ ދަނޑުމަތީގައި ހުރުމަކީ ކޯޗު ސުޒޭން ވަރަށް ބޮޑަށް ޓެކްނިކަލީ ވިސްނާނެ ކަމެކެވެ. ސަބަބަކީ ޗެޓްރީ އަކީ އެންމެ މުހިންމު ދަނޑިވަޅުތަކުގައި ގޯލު ޖަހާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ތެރޭގައި އިންޑިއާއިން ރާއްޖެ ކަޓުވާލިއިރު ދެ ލަނޑު ޖަހާފައެވެ. ހަމައެހެންމެ، 2021 ވަނަ އަހަރު އަނެއްކާވެސް ރާއްޖެ ކޮޅަށް ޗެޓްރީ ދެ ލަނޑު ޖަހާފައި ވެއެވެ.