ދިވެހިރާއްޖެއިން ފްރާންސަށް ކަނޑައަޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއަށް އަރުއްވައިފިއެވެ.
އިރުތިޝާމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސް އެމަނުއެލްއަށް އަށް އެރުއްވީ ޕެރިހުގެ ޕަލައިސް ޑި އެލިސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށްފަހު ބޭއްވި ބައްދަލުވުމުގައި، އިރުތިޝާމް ވަނީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއަށާއި، ދިވެހި ސަރުކާރަކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
އިރުތިޝާމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ފްރާންސް އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓްތަކާއި، ސަޤާފީ މުޢާމަލާތްތައް އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން، އިރުތިޝާމް ވަނީ ފްރާންސްގެ މިނިސްޓްރީ އޮފް ފޮރިން އެންޑް ޔޫރަޕިއަން އެފެއާޒްގެ އޭޝިއާ އެންޑް އޯޝޭނިއާ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑައިރެކްޓަރު މައިރިއަމް ސެއިންޓް ޕިއެރޭއާ ވެސް ބައްދަލުކުރައްވާފައެވެ.









