އަޒްމިރާލްދާގެ އިތުރު މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި

ހުސައިން އިސްމާއިލް | 269 ދުވަސް ކުރިން - 7 މާރިޗް 2025 09:40
ޑރ. އަޒްމިރާލްދާ ޒާހިރު: އަޒްމިރާލްދާ އާއި ގުޅޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުން.
ޑރ. އަޒްމިރާލްދާ ޒާހިރު: އަޒްމިރާލްދާ އާއި ގުޅޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުން.
ޚުލާސާ

މަސާޖު ޕާލާއަކުން ހައްޔަރުކުރި އޭނާގެ ފިރިމީހާ ޑރ. އިސްމާއިލް ލަތީފުގެ ބަންދާއިމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން އެކަމަށް ވެސް ވަނީ ނުފޫޒު ފޯރުވާފަ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ އިތުރު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަ ބެލުމަށް ނިންމާފައިވަނީ އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ. ނަމަވެސް، މައްސަލައިގެ ތަފްސީލު އޮފިޝަލް ހާމަކުރައްވާފައެއް ނުވެއެވެ.

މިހާރުވެސް އަޒްމިރާލްދާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ މައްސަލައަކީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އޭނާގެ ފިރިމީހާ ޑރ. އިސްމާއިލް ލަތީފުގެ ބަންދާއިމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެވެ.

މީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އަޒްމިރާލްދާ ވަނީ މިހާރު ސަސްޕެންޑް ކުރެވިފައެވެ.

އަޒްމިރާލްދާގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލަތަކަކީ އަސްލެއް، އަސާސެއްނެތް މައްސަލަ ތަކެކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%