Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔޫކްރެއިނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނުން އެމެރިކާއިން މެދުކަނޑައިލައިފި

ޔޫކްރެއިނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނުން އެމެރިކާއިން މެދުކަނޑައިލައިފި

އައިޝަތު ރުވާ ރިފްޢަތު
551 ދުވަސް ކުރިން - 6 މާޗް 2025 22:40
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އާއި ޓްރަމްޕް ބައްދަލުކުރެއްވުން / ފޮޓޯ: އަލް ޖަޒީރާ
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އާއި ޓްރަމްޕް ބައްދަލުކުރެއްވުން / ފޮޓޯ: އަލް ޖަޒީރާ
ޚުލާސާ

މިއީ، ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ޔޫކްރެއިނަށް ބާރުއަޅައި، އެ ކަމަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެމެރިކާއިން އަޅާފައިވާ ފިޔަވަޅެއް.

ޔޫކްރެއިނަށް ޖާސޫސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޖާސޫސީ މަޢުލޫމާތު ހިއްސާ ކުރުން އެމެރިކާއިން މެދުކަނޑާލާފައިވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ ވެރިޔާ ޖޯން ރެޓްކްލިފް އިޢުލާނު ކޮށްފިއެވެ. މިއީ، ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ޔޫކްރެއިނަށް ބާރުއަޅައި، އެ ކަމަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެމެރިކާއިން އަޅާފައިވާ ފިޔަވަޅެކެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ފެށުނު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. މި ގޮތުން، ފެބުރުވަރީ 12 ވަނަ ދުވަހު ރަޝިޔާގެ ރައީސް ޕުޓިންއަށް ފޯނުން ގުޅުއްވައި، ސުލްޙައިގެ މަޝްވަރާތަކަށް ދަޢުވަތު އެރުވިއެވެ. އޭގެ ފަހުން، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އަދި ތުރުކީވިލާތުގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ބޭއްވުނެވެ.

Advertisement

Advertisement 1

އެގޮތުން، މާރިޗު 1 ވަނަ ދުވަހު ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވާފައެވެ. ނަމަވެސް، މި ބައްދަލުވުން ނިމިގެން ދިޔައީ ދެ ޤައުމުގެ ގުޅުންތައް ހީނަރުވެގެންނެވެ. ޔޫކްރެއިނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނުން މެދުކަނޑައިލާފައި މި ވަނީ، ޓްރަމްޕް ވިދާޅުވާ ގޮތަށް އަމަލު ކުރައްވަން ޒެލެންސްކީ ދެކޮޅު ހައްދަވާތީއެވެ.

މި ފިޔަވަޅުގެ ސަބަބުން ޔޫކްރެއިން ދިފާޢު ކުރުމަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެ، ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ރަޝިޔާގެ މިސައިލް ޙަމަލާތައް ދިފާޢު ކުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވާނެއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ބޭނުންވާ މިންވަރު ހާމަވާ ފިޔަވަޅުތަކެކެވެ. ނަމަވެސް، މި ފަދަ ފިޔަވަޅުތަކާ އެކު، އެމެރިކާއާއި ވިލާތުގެ ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް ވެސް ދަނީ ހީނަރުވަމުންނެވެ.

މާރިޗު 4 ވަނަ ދުވަހު ޓްރަމްޕް ވަނީ ޒެލެޒެލެންސްކީގެ ސިޓީއެއް ލިބިފައިވާ ކަން ހާމަ ކުރައްވާފައެވެ. އަދި، ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތް ކަމުގައި ޒެލެންސްކީ ވިދާޅުވެފައިވާ ކަން ވެސް ޓްރަމްޕް ހާމަކުރެއްވިއެވެ. މި ކަމުން ދޭހަވަނީ، ޓްރަމްޕްގެ ފިއްތުންތަކުގެ ސަބަބުން ޒެލެންސްކީގެ ޚިޔާލު ބަދަލުވެފައިވާ ކަމަށެވެ.

އެމެރިކާޔުކްރޭން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

8 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

ޔުކްރޭނުގެ އެންމެ ބާރުގަދަ ދެޖާސޫސީ އިދާރާގެ ދެމެދުގައި ހަމަލާ ބަދަލުކޮށްފި

ޔުކްރޭނުގެ އެންމެ ބާރުގަދަ ދެޖާސޫސީ އިދާރާގެ ދެމެދުގައި ހަމަލާ ބަދަލުކޮށްފި

5 ދުވަސް ކުރިން - 14:42

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57