މެލޭޝިޔާގައި ގެއްލިގެން ހޯދަމުން ދިޔަ ދިވެހި ޒުވާނާ، އަހުމަދު އުސައިދު އިބްރާހިމް އަފީފްގެ ހާލު ރަނގަޅު ކަމަށާއި އޭނާ ގަދަވެ ސަލާމަތުން އެބަހުރި ކަމަށް އާއިލާގެ މީހަކާއި ޙަވާލާދީ ޚަބަރުތައް ބުނެފިއެވެ.
އުސައިދު ހުރީ މެލޭޝިއާގެ ކޮންތާކު ކަމެއް އެފަރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާ އާއިލާއާއި ހަވާލުކުރުމުގެ އިންތިޒާމުތައް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންދާ ކަމަށް ޢާއިލާއާއި ޙަވާލާދީ ރިޕޯޓް ކޮށްފައި ވެއެވެ.
އުސައިދު ގެއްލިގެން އަންގާރަ ދުވަހު ރިޕޯޓް ކުރުމުން އާއިލާ އާއި ރައްޓެހިންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވެ އެވެ. އޭނާގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ފެނުނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީންކަން ކަށަވަރުކޮށްދީ، އޭނާގެ ބައްޕަ ވަނީ އިއްޔެ ފޭސްބުކްގައި ހާމަކޮށްފައެވެ.






