ގައިދީންނަށް ލުއިދެވޭތޯ މަސައްކަތް ކުރަނީ

ހުސައިން އިސްމާއިލް | 65 ދުވަސް ކުރިން - 4 މާރިޗް 2025 16:25
ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރައްވައި މަޤަމުގެ ފަތްކޮޅު ޙަވާލުކުރެއްވުން (20 ނޮވެމްބަރ 2023) - ޒަރީރު ވިދާޅުވީ ޤާނޫނާއި ގަވާއިދުގެ ތެރެއިން ގައިދީންނަށް ދެވެން އޮންނަ ލުއިތައް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް.
ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރައްވައި މަޤަމުގެ ފަތްކޮޅު ޙަވާލުކުރެއްވުން (20 ނޮވެމްބަރ 2023) - ޒަރީރު ވިދާޅުވީ ޤާނޫނާއި ގަވާއިދުގެ ތެރެއިން ގައިދީންނަށް ދެވެން އޮންނަ ލުއިތައް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް.
ޚުލާސާ

ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެއް.

ޤާނޫނާއި ގަވާއިދުގެ ތެރެއިން ގައިދީންނަށް ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި އެ ގައިދީންގެ އާއިލާތަކަށް ޚާއްސަކޮށްގެން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ ޒަރީރު ވިދާޅުވީ ގައިދީންނާއި އެމީހުންގެ އާއިލާތަކާއި އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ބާރުއަޅުއްވާ ކަމަށެވެ. އަދި ގައިދީން ރިހެބިލިޓޭޓް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކިޔަވައިދޭ ތަކެއްޗާއި ނަގައިދޭ ފިލާވަޅުތަކާއެކު، އާއިލާއިން ގައިދީންނާއި ބައްދަލުކޮށް، ގުޅުން ބަދަހިކުރުން މުހިންމު ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ 65 އިންސައްތައަކީ ކުށް ތަކުރާރުކޮށްގެން ބަންދުގައި ތިބި ބައެއް ކަމަށް ކޮމިޝަނަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ތަކުރާރުކޮށް ކުށްކުރާ މައްސަލަ ވެސް ހައްލުކޮށް ވަށާޖެހޭ ގޮތެއްގައި ކަންކަން ބައްޓަންކުރުން ކަމަށް ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.

ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެއްކަން ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%