އެޗްޑީސީގެ ޗެއާމަން ނާސިފް ވެމްކޯގެ ޗެއާމަނަކަށް އައްޔަންކޮށްފި

އަހްމަދު އީޒާން | 230 ދުވަސް ކުރިން - 4 މާރިޗް 2025 12:42
އެޗްޑީސީގެ ޗެއާމަނަކަށް ހުންނެވި ނާސިފް: މިހާރު އޭނާއަކީ ވެމްކޯގެ ޗެއާމަން / ފޮޓޯ: އެޗްޑީސީ
އެޗްޑީސީގެ ޗެއާމަނަކަށް ހުންނެވި ނާސިފް: މިހާރު އޭނާއަކީ ވެމްކޯގެ ޗެއާމަން / ފޮޓޯ: އެޗްޑީސީ
ޚުލާސާ

މިދިޔަ ޑިސެމްބަރު މަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހިމެނޭހެން ބޯޑުގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކުރި އިރު، ސަސްޕެންޑް ނުކޮށް ހުރި ހަމައެކަނި ބޭފުޅަކީ ނާސިފް.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހްމަދު ނާސިފް އެ މަގާމުން ވަކިކޮށް، ވެމްކޯގެ ޗެއާމަން ކަމަށް މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި ސ. ހުޅުދޫ، ރިވަސައިޑް، އަހްމަދު ނާސިފް، އެ މަގާމުން ވަކިކޮށް ވެމްކޯގެ ޗެއާމަން ކަމުގެ މަގާމަށް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގެ ޗެއާމަނަކަށް ނާސިފް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.

ނާސިފްގެ މަގާމު ބަދަލުކުރި އިރު، އެޗްޑީސީގެ ބައެއް އިސްވެރިންނަށް ތުހުމަތުކުރުވޭ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން މިދިޔަ ޑިސެމްބަރު މަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހިމެނޭހެން ބޯޑުގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކުރި އިރު، ސަސްޕެންޑް ނުކޮށް ހުރި ހަމައެކަނި ބޭފުޅަކީ ނާސިފެވެ.

އެޗްޑީސީއާ ގުޅޭ މައްސަލަތައް އޭސީސީ އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%