މިއަދު ހެނދުނު އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރު ކުރި ލޯންޗެއް ދިޔަވެ، އޭގެން ދަތުރުކުރި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ކަނޑުވެ، އޮޔާދަނިކޮށް ފުލުހުން އެމީހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދިޔަވެފައި ވަނީ “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ.
އޭގެން ދަތުރުކުރި ހުރިހާ މީހުން ވެސް ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސަލާމަތް ކުރި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެންމެން ވެސް މިހާރު ދިގުރަށަށް ގެންގޮސްފައިވާ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.









