މާލޭގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެފައިވާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުފަހަރު މާލޭގެ މަގުތަކުގައި ނުދުއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ވެސް ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް އެދޭ ކަމަށެވެ. މިފަދަ ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.
މިރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެ، ދަތުރުފަތުރު ކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.








