Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ބުޅާ ފެސިލިޓީ ހުޅުވިތާ 16 ގަޑިއިރުގެ ތެރޭގައި ކަރަންޓީނު ފަށައިފި

ހުސައިން އިސްމާއިލް
594 ދުވަސް ކުރިން - 28 ފެބްރުއަރީ 2025 14:43
މާލޭގެ މަގެއްގައި ބުޅަލެއް. ބުޅާ ފެސިލިޓީ މިހާރު ވަނީ އޮޕަރޭޝަނަށް ގެނެވިފައި. / ފޮޓޯ: ޚުލާސާ
މާލޭގެ މަގެއްގައި ބުޅަލެއް. ބުޅާ ފެސިލިޓީ މިހާރު ވަނީ އޮޕަރޭޝަނަށް ގެނެވިފައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

ފެސިލިޓީގެ ރަސްމީ ހުރިހާ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރގެ މަސައްކަތް ނިމުމަށް ފަހު ވުޒާރާ އާއި ފެސިލިޓީ ރަސްމީކޮށް ހަވާލުކުރީ ބުދަ ދުވަހު.

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ބަލަހައްޓާ "އޮޅުހިޔާ" ފެސިލިޓީ ހުޅުވިތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި ބުޅާތައް ކަރަންޓީނު ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިނިސްޓްރީން މިއަދު ކުރި އެކްސް އެއްގައި ބުނީ، އޮޅުހިޔާ ފެސިލިޓީ އާއި ހަވާލުވެވުނު ފަހުން، އެތަނުގެ އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް މިހާތަނަށް 15 ބުޅާ އެތަނަށް ގެނެވިފައިވާ ކަމަށެވެ.

Advertisement

Advertisement 1

މިނިސްޓްރީން ބުނި ގޮތުގައި މިކަން ހާސިލް ކުރެވުނީ އެ މިނިސްޓްރީގެ ޓާސްކް ފޯހުން ހުއްޓުމެއްނެތި ކުރެވުނު މަސައްކަތާއި، ހިތްވަރާއިއެކު އެއްބާރުލުން ދެއްވި (އެންޖީއޯ) ތަކުގެ މިންނެތް މަސައްކަތުގެ ސަބަބުންނެވެ.

މީގެ 86 ދުވަސް ކުރިން، މިނިސްޓްރީން ބުނެފައިވަނީ ބުޅާތަކަށް އަޅާލުމަށް ބޭނުންވާ މިންގަނޑުތައް ކަށަވަރުނުވާތީ އޮޅުހިޔާއަށް ބުޅާތައް ގެންދަން އަދި ތައްޔާރު ނޫން ކަމަށެވެ. އޭރު މިނިސްޓްރީން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި، ފެސިލިޓީގައި މަސައްކަތްކުރާނެ ފަންނީ މީހުން ނެތުމާއި، ކަރަންޓީނު ކުރެވޭނެ ކޮށިތައް ނެތުމާއި، ބަޔޮލޮޖިކަލް ވޭސްޓު ނައްތާލެވޭނެ ނިޒާމެއް ނެތުން ހިމެނެއެވެ.

މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިނިސްޓްރީން ފާހަގަކުރި ގިނަ މައްސަލަތައް މިހާރު ހައްލު ކުރެވިފައި ވާއިރު، އޮޅުހިޔާ ފެސިލިޓީގެ ރަސްމީ ހުރިހާ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރ ގެ މަސައްކަތް ނިމުމަށް ފަހު ވުޒާރާ އާއި ފެސިލިޓީ ރަސްމީކޮށް ހަވާލުކުރީ މިމަހުގެ 26 ވަނަ ދުވަހުގައެވެ.

އޮޅުހިޔާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"އޮޅުހިޔާ" ފެސިލިޓީގައި މިވަގުތު ޖުމްލަ 258 ބުޅާ

"އޮޅުހިޔާ" ފެސިލިޓީގައި މިވަގުތު ޖުމްލަ 258 ބުޅާ

264 ދުވަސް ކުރިން - 12:32

112 ބުޅާ އޮޅުހިޔާ ފެސިލިޓީއަށް ބަދަލުކޮށްފި

112 ބުޅާ އޮޅުހިޔާ ފެސިލިޓީއަށް ބަދަލުކޮށްފި

439 ދުވަސް ކުރިން - 10:37

އޮޅުހިޔާ ހިންގާނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި

އޮޅުހިޔާ ހިންގާނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި

459 ދުވަސް ކުރިން - 11:30

އޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ފަރާތެއް ހޯދަނީ

އޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ފަރާތެއް ހޯދަނީ

513 ދުވަސް ކުރިން - 11:21

"ބުޅާތައް ގެންދިއުމަށް އަދި ތައްޔާރު ނޫން"

"ބުޅާތައް ގެންދިއުމަށް އަދި ތައްޔާރު ނޫން"

681 ދުވަސް ކުރިން - 12:47