Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

4000 ފްލެޓް ލިސްޓުން ޝަރުތުހަމަވީ 1820 މީހުން - މިނިސްޓަރ މުއްޠަލިބު

4000 ފްލެޓް ލިސްޓުން ޝަރުތުހަމަވީ 1820 މީހުން - މިނިސްޓަރ މުއްޠަލިބު

ހުސައިން އިސްމާއިލް
503 ދުވަސް ކުރިން - 27 ފެބްރުއަރީ 2025 13:33
ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައި.
ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައި.
ޚުލާސާ

ލިސްޓު އިޢުލާންކުރުން މިއަދު 3 ޖަހާއިރު. ފުލެޓު ނުލިބޭ މީހުންނަށް ހުސްވެފައިވާ ސްލޮޓްތަކަށް ކުރިމަތިލެވޭނެ.

ކުރީގެ ސަރުކާރުން ނެރެފައިވާ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަވަނީ އެންމެ 1820 މީހުން ކަމަށާއި މިއަދު 3 ޖަހާއިރު ލިސްޓު އިޢުލާން ކުރާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ،

މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަރަށް ރަނގަޅަށް ބަލައި ޗެކުކުރި ކުރުމުން، ކުރީގެ ސަރުކާރުން ނެރުނު ލިސްޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، ފޯމު ނުފުރާ މީހުންނާއި، މަޢުލޫމާތު ހަމައަށް ނުދޭ މީހުންނާއި، އަދި މާލޭގައި ދިރިނޫޅޭ މީހުންގެ ނަން ވެސް އެ ލިސްޓުގައި ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް 1 މަސްދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޕޯޓަލްގައި މިހާރު ފެންނަން ހުންނާނީ ޝަރުތު ހަމަނުވާ ސަބަބު ވަރަށް ސާފުކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، 4000 ފުލެޓުގެ ތެރެއިން ފުލެޓު ނުލިބޭ މީހުންނަށް ހުސްވެފައިވާ ސްލޮޓްތަކަށް ކުރިމަތިލެވޭނެއެވެ. އަދި މި ސަރުކާރުން ވަރަށް ރަނގަޅަށް ބަލައި ޗެކުކުރި ކުރުމުން، ކުރީގެ ސަރުކާރުން ނެރުނު ލިސްޓުގައި ހުރި މައްސަލަތައް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން:

1. 3 ކޮޓަރީގެ ފްލެޓުތަކަށް:

- ކުރީގެ ސަރުކާރުން 3721 މީހުން ހިމަނާފައިވާއިރު

- ޝަރުތު ހަމަވަނީ 1423 މީހުން

2. 2 ކޮޓަރީގެ ފްލެޓުތަކަށް:

- ކުރީގެ ސަރުކާރުން 1218 މީހުން ހިމަނާފައިވާއިރު

- ޝަރުތު ހަމަވަނީ 397 މީހުން

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ވެރިފިކޭޝަން މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 26 ޖޫން 2022 ގައި ޢާންމުކޮށް ގެޒެޓުކުރި ގެދޮރުވެރިޔާ އުސޫލަށާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާފައިވާ އިރުޝާދުތަކަށް މައިގަނޑުގޮތެއްގައި ބަލައިގެންނެވެ. އަދި މި މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި އޭސީސީގެ ތަޙުޤީޤަށް ރިޢާޔަތް ކޮށްފައި ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވެރިފިކޭޝަން މަރުޙަލާ ކުރިއަށްދިޔައީ ޕޯޓަލްގެ ތެރެއިންކަމަށާއި، ޕޯޓަލްއިން ހުށަހަޅާފައިވާ އެއްވެސް ފޯމަކަށް ނުވަތަ ލިޔެކިޔުމަކަށް ބަދަލުގެނައުމުގެ ފުރުޞަތު އެއްވެސް މީހަކަށް ލިބިފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކުރީގެ ސަރުކާރާއި ޚިލާފަށް މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށެވެ. ކުރީގެ ސަރުކާރުން ގެންގުޅުނު ބޭއިންސާފު އުޞޫލުތައް ރަނގަޅުކޮށް، ޙައްޤުވެރިންނަށް ފުލެޓު ލިބޭނެކަން ކަށަވަރު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލެޓް ލިސްޓް ޢާންމުކުރުން އެކި ފަހަރުމަތިން ވެސް ލަސްވީ އެއްވެސް މީހެއްގެ ޙައްޤެއް ގެއްލުނަ ނުދިނުމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދިނުމުގެ ގޮތުން، އެންޓި-ކޮރަޕްކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މި މައްސަލަ ބަލައި ސަރުކާރަށް އިރުޝާދު ދީފައިވާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ސަރުކާރުން ފުލެޓު ދޫކުރުމުގެ މަސައްކަތް އަލުން ފެށީ އެ އިރުޝަދުތަކާއި އެއްގޮތަށެވެ،

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުފްލެޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

2 ދުވަސް ކުރިން - 14:14

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

53 ދުވަސް ކުރިން - 13:45

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއްތަލިބާއި ހައިކޮމިޝަނަރު ބައްލަވާލައްވައިފި

71 ދުވަސް ކުރިން - 22:37

ނޫސްވެރިކަމަކީ މީހުންގެ އަބުރަށް އަރައިގަނެ އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެންނުވާނެ: މިނިސްޓަރު މުއްތަލިބު

"ނޫސްވެރިކަމަކީ އަބުރަށް އަރައިގަނެ، ކުރާ ވިޔަފާރިއަކަށް ވެގެންނުވާނެ"

78 ދުވަސް ކުރިން - 13:14

ވިލިމާލޭގެ ފުނަގަސްތައް ނުކަނޑައި، އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި

ފުނަގަސްތައް ނުކަނޑައި ޓަވަރެއް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

80 ދުވަސް ކުރިން - 18:45

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

83 ދުވަސް ކުރިން - 17:01