Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިޔާސީ ހުކުމް ކުރާނަމަ އެކަން ހުއްޓުވާނަން - ނާޒިމް

ސިޔާސީ ހުކުމް ކުރާނަމަ އެކަން ހުއްޓުވާނަން - ނާޒިމް

އުސްތާޛް މުޙައްމަދު ޢަލީ
505 ދުވަސް ކުރިން - 25 ފެބްރުއަރީ 2025 13:44
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް.
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް.
ޚުލާސާ

ނާޒިމް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒާއި މެންބަރުންގެ ހައްގުތަކާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހިގެން ނުވާނެ ކަމަށް.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ސިޔާސީ ކަންތައްތަކުން ބަރީއަވެގެން ތިބެންޖެހޭނެ ބައެއް ކަމަށާއި، އެހެންނަމަވެސް ސިޔާސީ ހުކުމްތައް ކުރާ ހިސާބަށް ދިޔުމުން ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ހުއްޓުވުމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް މިހެން ވިދާޅުވީ ސުޕްރީމް ކޯޓު ބެންޗުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކުރަން ހުށަހެޅި ބިލުގެ އިބްތިދާއީ ބަހުސްގައެވެ.

"ސިޔާސީ ކަންތައްތަކާމެދު ބަހުސްކޮށް ކަންކަން ނިންމާނީ މިތަނުން. އެހެންކަމުން އެކަންކަމުން ބަރީއަވެގެންވާ ބަޔަކަށް ފަނޑިޔާރުން ވާން އެބަޖެހޭ. އަޅުގަނޑުމެންނަށް ފެނިފައި ވަނީ އެކަން އެގޮތަށް ނުވާތަން،" ނާޒިމް ވިދާޅުވިއެވެ.

Advertisement

Advertisement 1

ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުން ސިޔާސީ ހުކުމްތައް ކުރާ ހިސާބަށް ދިޔުމުން ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ހުއްޓުވުމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ އިމްތިޔާޒާއި މެންބަރުންގެ ހައްގުތަކާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހިގެން ނުވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މި ބިލާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ސަރުކާރުގެ ފަރާތުން ބުނަނީ މިއީ ސުޕްރީމް ކޯޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. މި ބިލު މިހާރު ވަނީ ކޮމިޓީ މަރުހަލާއަށް ފޮނުވާފައެވެ.

މަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމްސުޕްރީމް ކޯޓު
Ad
Ad

ގުޅޭ ޚަބަރުތައް

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

45 ދުވަސް ކުރިން - 14:31

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

46 ދުވަސް ކުރިން - 18:38

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި

48 ދުވަސް ކުރިން - 22:30

ނާޘިމް ވަކިކުރާ ޤަރާރަށް ޢަމަލު ކުރަން ނިންމައިފި

ނާޘިމް ވަކިކުރާ ޤަރާރަށް ޢަމަލު ކުރަން ނިންމައިފި

62 ދުވަސް ކުރިން - 12:54

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް

ނާޒިމް ވަކިކުރުމުގެ މައްސަލަ މާދަމާ މަޖިލިސް ޖަލްސާއަށް

63 ދުވަސް ކުރިން - 16:39

ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައިފި

ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައިފި

63 ދުވަސް ކުރިން - 11:01

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%