Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ބިންގާ އަޅައިފި

ދ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ބިންގާ އަޅައިފި

އާނާ ފަހީމް
463 ދުވަސް ކުރިން - 23 ފެބްރުއަރީ 2025 19:59
ދ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ބިންގާ އެޅުން. / ފޮޓޯ: ރައީސް އޮފީސް
ދ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ބިންގާ އެޅުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

181 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިމުމުން، ދ. އަތޮޅުގެ ރައްޔިތުންނަށާއި ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިއަދު ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

50 އެނދުގެ މި ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި މަޝްރޫޢު 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement

ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި އައު ހޮސްޕިޓަލުގައި މެމޮގްރަފީ ޚިދުމަތް، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާއަށް ޚާއްޞަ އޯތޯ-ތިއޭޓަރ، އަދި ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމެނޭނެއެވެ. މީގެ އިތުރުން، ސްޓާފުންނަށް ތަމްރީނު ދިނުމަށް ޚާއްޞަ ފެސިލިޓީއެއްވެސް ޤާއިމްކުރެވޭނެއެވެ.

އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭނެ އިމަރޖެންސީ އީއާރެއްވެސް މި ހޮސްޕިޓަލުގައި ޤާއިމްކުރެވޭނެއެވެ. އަދި ކޯވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތްތަކުގައި ހޮސްޕިޓަލުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީވެސް ޤާއިމްކުރެވޭނެއެވެ.

މީގެ އިތުރުން ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ހޮސްޕިޓަލް ހިންގުމަށްޓަކައި ސޯލަރ ޕީވީ ސިސްޓަމެއް ހަރުކުރެވޭނެ ކަމަށާއި، ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވަރބެކަޕް ސިސްޓަމެއްގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއްވެސް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓްވެސް ޤާއިމްކުރެވޭނެ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

181 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިމުމުން، ދ. އަތޮޅުގެ ރައްޔިތުންނަށާއި ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ދ. އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ.

ދ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން، އެ ސަރަޙައްދުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުދ. އަތޮޅުދ. ކުޑަހުވަދޫ

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

15 މިނެޓު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

13 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

20 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

21 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

22 ގަޑިއިރު ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%