އިއްތިހާދުން އަލް ހިލާލް ބަލިކޮށް ލީގުގެ ލީޑު ފުޅާކޮށްލައިފި

އުސްތާޛް މުޙައްމަދު ޢަލީ | 103 ދުވަސް ކުރިން - 23 ފެބްރުއަރީ 2025 10:04
ކަރީމް ބެންޒެމާ.
ކަރީމް ބެންޒެމާ.
ޚުލާސާ

މިހާރު އެއްވަނައިގައި އޮތް އަލް އިއްތިހާދު އާއި އަލް ހިލާލްއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު 7 ޕޮއިންޓަށް އިތުރުވެއްޖެ.

ސައުދީ ޕްރޯ ލީގުގައި ރޭ އަލް އިއްތިހާދު އިން އަލް ހިލާލް 4-1 އިން ބަލިކޮށް، ލީގު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި 52،000 އަށްވުރެ ގިނަ ސަޕޯޓަރުންގެމކުރިމަތީގައި ކުޅުނު މި މެޗުގައި އަލް އިއްތިހާދުގެ ސްޓޭވަން ބާޖްވިން ވަނީ ދެ ލަނޑު ޖަހައިފައެވެ.

މި މޮޅުވުމާއެކު އެއްވަނައިގައި އޮތް އަލް އިއްތިހާދަށް ވަނީ 21 މެޗުން 55 ޕޮއިންޓް ލިބުފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ އަލް ހިލާލުގެ ބްރެޒިލް ފޯވަޑް މާކޮސް ލިއޮނާޑޯ އެވެ. ނަމަވެސް އަލް އިއްތިހާދުގެ ހަސަން ކަދިޝް، ސްޓޭވަން ބާޖްވިން އަދި ކަރީމް ބެންޒޭމާގެ ލަނޑުތަކާއެކު އަލް އިއްތިހާދު އިން ވަނީ މި މެޗު 4-1 އިން ކާމިޔާބުކޮށްފައެވެ.

މި މޮޅުވުމާއެކު އަލް އިއްތިހާދު އާއި އަލް ހިލާލްއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީ ހަތް ޕޮއިންޓަށް އިތުރު ވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%