ހުޅުމާލެ ފޭސް 1 ގައި ހުރި ގެއެއް ބަލައި ފާސްކުރުމަށްފަހު، 14 ކިލޯގެ މަސްތުވާތަކެއްޗާއެކު 23 އަހަރުގެ ޒުވާން އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވިގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ (23 އަހަރު) އެވެ.
ފުލުހުން ބުނީ މަރްޔަމް ޒީނާ ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނުމާއި ގުޅިގެންނެވެ.
އޭނާ މިހާރު ވަނީ 15 ދުވަހަށް ތަޙްޤީޤަށް ބަންދު ކޮށްފައެވެ.









