މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި 468 އުޅަނދު ޓޯކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެކަނިވެސް 432 ވެހިކަލް ވަނީ ފުލުހުން ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން ޓޯކޮށްފައެވެ.
ފުލުހުން ބުނީ މިހާތަނަށް ޓޯކޮށްފައިވާ 468 އުޅަނދުގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 432 އުޅަނދާއި ހަތަރު ފުރޮޅުލީ 33 އުޅަނދެވެ. މީގެ އިތުރުން ތިން ބައިސްކަލް ވެސް ނަގާފައިވެއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ގުޅިގެން ކުރިޔަށް ގެންދާ މި މަސައްކަތުގައި ފުލުހުން ޓޮ ކުރަމުން ދަނީ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުންނަ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކެވެ.









