އިލެކްޝަންސް ކޮނިޝަން (އީސީ)ގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، އީސީއަށް ބޭފުޅުން ޢައްޔަންކުރައްވާފައިވަނީ ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
އެގޮތުން އީސީގެ ރައީސް ކަމުގެ މަޤާމަށް ދަފްތަރު. ނަންބަރު ރސ 1548، އަލްފާޟިލް މުޙައްމަދު ޒާހިދު އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމަށް، ކ.ހުރާ، ރޯޒް އަލްފާޟިލް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު މިއަދު ވަނީ ޢައްޔަންކުރައްވާފައެވެ.
މި ދެބޭފުޅުންވެސް އީސީގެ މެންބަރުކަމަށް ޢައްޔަން ކުރައްވާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 26 ވީ އާދިއްތަ ދުވަހުއެވެ.