Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
13 ދުވަސް ކުރިން - 1 ޖުލައި 2026 20:59
މުހައްމަދު ޝަކީލް އީސީގެ މެންބަރު ކަމުގެ މަގާމަށް އައްޔަނުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
މުހައްމަދު ޝަކީލް އީސީގެ މެންބަރު ކަމުގެ މަގާމަށް އައްޔަނުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މީގެ ކުރިން ޝަކީލް އަދާކުރެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު. ރައީސް ޔާމީންގެ ސަރުކާރުގައި 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 އާ ހަމައަށް އޭނާ ވަނީ އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފަ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ޝަކީލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.

މީގެ ކުރިން ޝަކީލް އަދާކުރެއްވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމެވެ.

ޝަކީލް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މަޖިލީހުގެ ރުހުމާއެކު، ރައީސުލްޖުމްހޫރިއްޔާ އޭނާ ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް ޝަކީލް މި އައްޔަނުކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Advertisement

Advertisement 1

މިއީ ޝަކީލް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން އަދާކުރައްވާ ދެވަނަ ފަހަރެވެ. މީގެކުރިން ރައީސް ޔާމީންގެ ސަރުކާރުގައި 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 އާ ހަމައަށް އޭނާ ވަނީ އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން 1 ސެޕްޓެންބަރު 2013 އިން ފެށިގެން 3 ޑިސެންބަރު 2014 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް ޝަކީލް ވަނީ ފުރުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނަކީ ރާއްޖޭގައި ބާއްވާ އިންތިހާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގެ ދުސްތޫރީ ޒިންމާ އުފުލަންޖެހޭ މުއައްސަސާއެވެ.

މުހައްމަދު ޝަކީލްއިލެކްޝަންސް ކޮމިޝަން (އީސީ)އިލެކްޝަންސް ކޮމިޝަނުގެ ރައީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

25 ދުވަސް ކުރިން - 15:47

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

31 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

31 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

38 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

38 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

39 ދުވަސް ކުރިން - 12:12