Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
15 ގަޑިއިރު ކުރިން - 19 ޖޫން 2026 15:47
ރައީސް އޮފީހުން ކޮންމެ ހަފްތާއެއްގައި ބާއްވާ "ދަ ޕްލަސް" ޕްރޮގްރާމްގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ކޮންމެ ހަފްތާއެއްގައި ބާއްވާ "ދަ ޕްލަސް" ޕްރޮގްރާމްގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މަހުގެ އަގު މިދިޔަ ހަފްތާގައި މި ސަރުކާރުގައި އެންމެ ފުރަތަމަ މައްޗަށް ޖެއްސީ 18.50އަށް. އަދި އޭގެ ދެ ދުވަސް ފަހުން 20 ރުފިޔާއަށް ވަނީ ޖައްސާފައި. ރައީސް ވިދާޅުވި ގޮތުގައި، ފެލިވަރު ކޭނިން ފެކްޓްރީގެ ގާބިލުކަން އިތުރުކުރުމަށް ބޭރުގެ އެހީގައި ހިންގާ މަޝްރޫއުތައް މިހާރު ހަމަޖެހިފައިވާ ކަމަށް.

ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް މަސްގަންނަ ރޭޓު، ކިލޯއަކަށް 20 ރުފިޔާއަށް ވުރެ ދަށްނުކޮށް ހިފެހެއްޓޭނެ ގޮތްތަކެއް ރޭވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކޮންމެ ހަފުތާއަކު ކުރިއަށްގެންދާ "ދަ ޕަލްސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ދުނިޔޭގެ ބާޒާރުގެ ރޭޓާ އެއްވަރަށް މަހުގެ އަގު ފްލޯޓްކޮށްލުން ކަމަށެވެ. އަދި އޭގެ ނަތީޖާ ރަނގަޅުވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ވެސް އަޅުގަނޑުމެން އުއްމީދުކުރަނީ، އަޅުގަނޑުމެން އެންމެ ބޭނުންވާ ރޭޓްގައި، 20 ރުފިޔާ އެންމެ ކުޑަމިނުން ލިބޭ ވަރުގައި ހިފެހެއްޓޭނެ ގޮތްތައް ރޭވޭނެ ކަމަށްް،"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މަހުގެ އަގު ފްލޯޓްކޮށްލި އިރު މަސް ކިލޯއެއްގެ އަގު ހުރީ 16 ރުފިޔާގައެވެ. ނަމަވެސް މިހާރު އެ އަގު 20 ރުފިޔާއަށް އުފުލިފައިވާއިރު، އެ ރޭޓުގައި އަގު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، މަހަށް ވެލިއު އެޑްކޮށްގެން ނުވަތަ ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރުމުގެ ގާބިލުކަން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ފެލިވަރު ކޭނިން ފެކްޓްރީގެ ގާބިލުކަން އިތުރުކުރުމަށް ބޭރުގެ އެހީގައި ހިންގާ މަޝްރޫއުތައް ކުޑަކޮށް ލަސްވި ނަމަވެސް، މިހާރު އެކަންކަން ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން ދެގުނަ ނުވަތަ ތިންގުނައަށް އިތުރުކުރުމެވެ.

މިފްކޯއިން މަސްގަންނަ އަގު 20 ރުފިޔާއަށް ބަދަލުކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް ވިދާޅުވި ގޮތުގައި، އަގަށް ބަދަލު ގެނައީ މަސްވެރިންނަށް ހިތްވަރު ދިނުމަށާއި ސަޕްލައިއަށް ބަލައިގެންނެވެ. އަދި ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކޮށްގެން މަސް ކިލޯއެއްގެ އަގު 18 ރުފިޔާއަށް ވުރެ ދަށްނުވެ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ އަގު ލިސްޓަށް ބަލާއިރު، ފެލިވަރު، ކޫއްޑޫ، އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ބަނދަރުތަކުން ކަޅުބިލަމަހާއި ވަކި ސައިޒެއްގެ ކަންނެލި ކިލޯއެއް ގަންނަނީ 20 ރުފިޔާއަށެވެ. އަދި 15 ކިލޯއަށް ވުރެ ބަރު ކަންނެލި ކިލޯއެއްގެ އަގަކީ 25 ރުފިޔާއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއިލެކްޝަންސް ކޮމިޝަނުގެ ރައީސްމިފްކޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

14 ގަޑިއިރު ކުރިން - 16:24

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

3 ދުވަސް ކުރިން - 14:32

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

4 ދުވަސް ކުރިން - 11:57

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

4 ދުވަސް ކުރިން - 11:48

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

5 ދުވަސް ކުރިން - 00:49

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

"ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން"

5 ދުވަސް ކުރިން - 00:13