ފެމިލީ ކޯޓުން ރަމަޟާން މަހުގެ ކައިވެނީގެ ގަޑިތައް އިޢުލާންކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 151 ދުވަސް ކުރިން - 17 ފެބްރުއަރީ 2025 17:41
ފޮޓޯ: ޚުލާޞާ
ފޮޓޯ: ޚުލާޞާ
ޚުލާސާ

ރަމަޟާން މަހުގެ ރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް. ނުރަސްމީ ގަޑިތަކުގައި ހަމަޖެހިފައިވަނީ ރޭގަނޑު 21:30 އިން 23:00 އަށް.

ފެމިލީ ކޯޓުން މިއަދު 1445 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ކައިވެނީގެ ގަޑިތައް އިޢުލާން ކޮށްފިއެވެ. މި އިޢުލާނުގައި ރަސްމީ އަދި ނުރަސްމީ ގަޑިތަކުގެ އިތުރުން ހަފުތާ ބަންދު ދުވަސްތަކުގައި ކައިވެނި ކޮށްދޭނެ ގަޑިތައް ވެސް ހިމެނިފައި ވެއެވެ.

ފެމިލީ ކޯޓުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ރަމަޟާން މަހުގެ ރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށެވެ. ނުރަސްމީ ގަޑިތަކުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:30 އިން 23:00 އަށެވެ.

ހަފުތާ ބަންދު ދުވަސްތަކުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައި ވަނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑު 21:30 އިން 23:30 އަށެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:00 އިން 14:00 އަށް ވެސް ކައިވެނި ކޮށްދެވޭނެއެވެ. އަދި ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ރޭގަނޑު 21:30 އިން 23:30 އަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%