ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުލް އިބްރާހިމް ޒީނަތްތެރި ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މި މިސްކިތް ޒީނަތްތެރި ކުރުމަށް ހަވާލުކޮށްފައި ވަނީ އޭ. ޒެޑް ކޮންސްޓްރަކްޝަންސް އާއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އޭ. ޒެޑް ކޮންސްޓްރަކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ އިބްރާހިމް ރަޝީދެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ އެގްޒެކްޓްވި ޢަބްދުލް މުހައިމިން ނަސީރެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ހަވާލުކޮށްފައިވާ މި މަސައްކަތުގެ ދަށުން މަސްޖިދުލް އިބްރާހީމްގެ ކުލަލުމާއި، ސީލިންގ ބަދަލުކުރުމާއި، ފުރާޅުން ފެން ލީކްވާ މައްސަލަ ޙައްލުކުރުން ހިމެނެއެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ (ޖީ.އެސް.ޓީ އާއެކު) 196,830.00 (އެއްލައްކަ ނުވަދިހަ ހަ ހާސް އަށް ސަތޭކަ ތިރީސް ރުފިޔާ) އެވެ.









