Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"އަންބަލަން 2025" ގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

"އަންބަލަން 2025" ގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

އަައިޝަތު ޒީނާ
569 ދުވަސް ކުރިން - 17 ފެބްރުއަރީ 2025 15:56
"އަންބަލަން 2025" ގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: ކައުންސިލް
"އަންބަލަން 2025" ގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: ކައުންސިލް
ޚުލާސާ

ކައުންސިލުން ބުނީ މި ޙަރަކާތުގައި ކުޑަކުދިންނާ ގުޅޭ ތަފާތު އެކި ޘަޤާފީ އަދި މަޖާ ޙަރަކާތްތައް ދައްކުވައިދޭ ސްޓޯލްތައް ހުންނާނެ ކަމަށް.

ރަސްފަންނު ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އަންބަލަން 2025" ގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން (ޝީ) އާއި މާލެ ސިޓި ކައުންސިލް އަދި މާލެ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިންނެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 'އަންބަލަން' ޙަރަކާތަކީ ޘަޤާފީ ޙަރަކާތްތަކަކާއި އެކު، ސިއްޙީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ އިތުރުން އާންމުންނަށް ހުޅުވާލައިގެން އެ ބޭފޫޅުންގެ ބައިވެރިވުން އެކުލެވޭގޮތަށް ކުރިޔަށް ގެންދެވޭ ކުލަގަދަ ޙަރަކާތެއް ކަމަށް ކައުންސިލުން ބުންޏެވެ.

Advertisement

Advertisement 1

ކައުންސިލުން ބުނީ މި ޙަރަކާތުގައި ކުޑަކުދިންނާ ގުޅޭ ތަފާތު އެކި ޘަޤާފީ އަދި މަޖާ ޙަރަކާތްތައް ދައްކުވައިދޭ ސްޓޯލްތައް ހުންނާނެ ކަމަށެވެ.

މީގެ އިތުރުން އަތްތެރި މަސައްކަތް ދައްކުވައިދޭ ސްޓޯލްތަކާއި ކުޑަކުދިންގެ ހުނަރު ދައްކުވައިދޭ އަތްތެރި މަސައްކަތުގެ ސްޓޯލްތަކާއި އަންނައުނު ވިއްކާ ސްޓޯލްތަކާއި ކުޑަކުދިން ކުޅޭ ތަކެތި ވިއްކާ ސްޓޯލްތަކާއި ދިވެހިން ތައްޔާރުކުރާ ޕޭސްޓްރީގެ އެކި ބާވަތްތައް ވިއްކާ ސްޓޯލްތަކުގެ އިތުރުން އެކި ބާވަތްތަކުގެ ކާ ބޯތަކެތި ވިއްކާ ސްޓޯލްތައް ވެސް ''އަންބަލަން'' ޙަރަކާތުގައި ފެނިގެން ދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ފޯރިގަދަ ސްޓޭޖް ޝޯތަކާއެކު ބޮޑުބެރުގެ ޙަރަކާތްތައް ވެސް ރޭވިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އިހު ޒަމާނުގެ ސަޤާފީ ވާހަކަތަކުގައި އުޅޭ ކެރެކްޓާރސް ގެ ދައްކާލުން ވެސް ސްޓޭޖް ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އަދި ކޮމީޑިއަން އެކްޓަރ ކާއްޓޭ އަދި މަޓޭއާއި އެކު މަޖާ ޢާއިލީ، އަދި އުފާވެރި މާޙައުލެއްގައި ތަފާތު އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މި ޙަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ތާރީޚުތަކާއި ގަޑިތައް:

20 ފެބްރުއަރީ 2025 – 16:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށް.

21 ފެބްރުއަރީ 2025 – 16:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށް.

މި ޙަރަކާތްތަކުގައި ބައިވެރިވުމަށް ވީހާ ވެސް ގިނަ ބޭފުޅުން ޢާއިލާއާއި އެކު ވަޑައިގެން ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ޙަރަކާތްތައް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ އެދިފައެވެ.

މާލެ ސިޓީ ކައުންސިލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

4 ގަޑިއިރު ކުރިން - 15:57

ސިޓީ ކައުންސިލް އިހުމާލުވެއްޖެ، ވެހިކަލް ފީ އެމީހުންގެ އަތަކަށް ދެން ނުލިބޭނެ

ސިޓީ ކައުންސިލް އިހުމާލުވެއްޖެ، ވެހިކަލް ފީ އެމީހުންގެ އަތަކަށް ދެން ނުލިބޭނެ

4 ގަޑިއިރު ކުރިން - 15:32

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރީނދޫ ރޮނގު ދަމަން ފަށައިފި

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވަން ރީނދޫ ރޮނގު ދަމަން ފަށައިފި

5 ދުވަސް ކުރިން - 10:18

މާލެސިޓީ ކައުންސިލުގެ ދެގަޑިއިރުގެ ބައްދަލުވުމަކަށް ބައިމިލިއަން ރުފިޔާ ހަރަދުކޮށްފި

މާލެސިޓީ ކައުންސިލުގެ ދެގަޑިއިރުގެ ބައްދަލުވުމަކަށް ބައިމިލިއަން ރުފިޔާ ހަރަދުކޮށްފި

22 ދުވަސް ކުރިން - 08:02

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައި ވެސް މަސައްކަތް ކުރިން، ނަމަވެސް އޭރުގެ ސަރުކާރުން ވަނީ ހުރަސްއަޅާފަ: ރައީސް

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައިވެސް މަސައްކަތް ކުރިން: ރައީސް

41 ދުވަސް ކުރިން - 09:10

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

80 ދުވަސް ކުރިން - 12:01