Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކޮރެއާގެ މަޝްހޫރު ބަތަލާ ކިމް ސެއި-ރޮން މަރުވެއްޖެ

ކޮރެއާގެ މަޝްހޫރު ބަތަލާ ކިމް ސެއި-ރޮން މަރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
512 ދުވަސް ކުރިން - 17 ފެބްރުއަރީ 2025 13:12
ކިމް ސެއި-ރޮން
ކިމް ސެއި-ރޮން
ޚުލާސާ

ކިމް ސެއި-ރޮންގެ ހަށިގަނޑު ފެނިފައިވަނީ ބުދަ ދުވަހުގެ ހެނދުނު އޭނާގެ ގެއިން.

ދެކުނު ކޮރެއާގެ މަޝްހޫރު ބަތަލާ ކިމް ސެއި-ރޮން، 24 އަހަރުގެ އުމުރުގައި މަރުވެއްޖެއެވެ. ފުލުހުން ބުނާގޮތުގައި ކިމް ސެއި-ރޮންގެ ހަށިގަނޑު ފެނިފައިވަނީ ބުދަ ދުވަހުގެ ހެނދުނު އޭނާގެ ގެއިންނެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އޭނާގެ މަރާއި ގުޅޭގޮތުން ތަޙުޤީޤު ކުރިއަށްދާ ކަމަށާއި ނަމަވެސް އޭނާގެ މަރުގައި ޝައްކުވާ ކަހަލަ ކަމެއް ނެތް ކަމަށް ފާހަގަކޮށްފައި ވެއެވެ.

ކިމް ސެއި-ރޮންއަކީ ކުޑައިރުއްސުރެ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އައި ފަންނާނެކެވެ. އޭނާ ފުރަތަމަ ފަހަރަށް ސްކްރީނުގައި ފެނުނީ 2009 ވަނަ އަހަރު، އޭރު އޭނާގެ އުމުރުން 9 އަހަރުގައެވެ. އޭގެ ފަހުން އޭނާވަނީ ގިނަ ފިލްމުތަކާއި ޓީވީ ސީރީސް ތަކުގައި މަސައްކަތް ކޮށްފައެވެ.

Advertisement

Advertisement 1

އޭނާގެ ކެރިއަރުގައި ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި 2010 ވަނަ އަހަރު ދެކުނު ކޮރެއާއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު "ދަ މޭން ފްރޮމް ނޯވާ" އާއި 2012 ގެ ތުރިލާ "ދަ ނެއިބަރ" އިން ލިބުނު އެވޯޑުތައް ހިމެނެއެވެ. އޭނާގެ އެންމެ ފަހުގެ އެކްޓިންގ މަސައްކަތަކީ 2021 ވަނަ އަހަރު ނެރުނު "ދަ ގްރޭޓް ޝަމަން ގާ ޑޫ-ޝިމް" ނަމަކަށް ކިޔާ ޑްރާމާއެވެ. އަދި އެންމެ ފަހުން ކުޅުނު ރޯލަކީ ނެޓްފްލިކްސްއިން 2023 ވަނަ އަހަރު ގެނެސްދިން ކޮރެއާ ޑްރާމާ "ބްލަޑްހައުންޑްސް" އެވެ.

ކިމް ސެއި-ރޮންގެ ހިތާމަވެރި މަރާއި ގުޅިގެން ދެކުނު ކޮރެއާގެ އެންޓަޓެއިންމަންޓް އިންޑަސްޓްރީގެ ގިނަ ފަރާތްތަކުން ވަނީ ހިތާމަ ފާޅުކޮށްފައެވެ. އަދި އޭނާގެ ގިނަ ފޭނުން ވެސް ވަނީ އޭނާގެ ހަނދާނުގައި މީސް މީޑިއާގައި ޕޯސްޓްތައް ކޮށްފައެވެ.

ދެކުނު ކޮރެއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓްލޭޑީ ހަތް އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓްލޭޑީ ހަތް އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފި

18 ދުވަސް ކުރިން - 22:22

ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށްފި

ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށްފި

32 ދުވަސް ކުރިން - 13:28

އޭއައި ބޭނުންކޮށްގެން ދޮގު ހެކި އުފައްދާ ކޮރެއާގެ މަޝްހޫރު އެކްޓަރު ކިމް ސޫ-ހިޔުންގެ ކެރިއަރު ދުއްވާލައިފި

އޭއައި ބޭނުންކޮށްގެން ކިމް ސޫ-ހިޔުންގެ ކެރިއަރު ދުއްވާލައިފި

53 ދުވަސް ކުރިން - 04:01

ދ.ކޮރެއާގެ ފެކްޓަރީ އެއްގައި ރޯވެ 60 މީހުން ޒަޚަމްވެ، މަރުވެއްޖެ

ދ.ކޮރެއާގެ ފެކްޓަރީއެއްގައި ރޯވެ 60މީހުން ޒަޚަމްވެ، މަރުވެއްޖެ

114 ދުވަސް ކުރިން - 07:02

100,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ބީޓީއެސް އިން އަލުން ސްޓޭޖަށް!

ލައްކައަށްވުރެ ގިނަ ސަޕޯޓަރުންނާއެކު ބީޓީއެސް އަލުން ސްޓޭޖަށް!

115 ދުވަސް ކުރިން - 01:49

ދެކުނު ކޮރެއާގެ ރައީސް އުމުރަށް ޖަލަށް ލައިފި

ދެކުނު ކޮރެއާގެ ރައީސް އުމުރަށް ޖަލަށް ލައިފި

145 ދުވަސް ކުރިން - 11:07