Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޙައްޖަށްދާ އަގު މި ދައުރުގައި ކުޑަކުރެވޭނެ: މިނިސްޓަރު ޝަހީމް

ޙައްޖަށްދާ އަގު މި ދައުރުގައި ކުޑަކުރެވޭނެ: މިނިސްޓަރު ޝަހީމް

ހުސައިން އިސްމާއިލް
525 ދުވަސް ކުރިން - 16 ފެބްރުއަރީ 2025 00:46
“އަހާ ފޯރަމް”ގައި މިނިސްޔަރ ޝަހީމް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
“އަހާ ފޯރަމް”ގައި މިނިސްޔަރ ޝަހީމް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އަގު ހެޔޮކޮށް މީހުން ޙައްޖަށް ފޮނުވައިދިނުމަކީ ރައީސް ވަރަށް އިސްކަން ދެއްވާ ކަމެއް. އެމަނިކުފާނުގެ އިރުޝާދުފުޅާއެކު ޙައްޖު ކޯޕަރޭޝަނުން އެ މަސައްކަތް ކުރަމުންދޭ.

ހައްޖުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގައި ޙައްޖަށް ދިއުމަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ހައްޖުގެ ނިޒާމު ހަރުދަނާ ކުރުމަކީ ރައީސް ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި ރައީސްގެ އިރުޝާދުފުޅާއެކު ހައްޖަށް މީހުން ގެންދިއުމުގެ އަގު ކުޑަކުރުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހައްޖަށް މީހުން ދިއުމުގެ އަގު ކުޑަކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ތަސައްވުރެއް ކަނޑައަޅުއްވައިގެން އޭގެ ދަށުން މަސައްކަތް އެބަ ކުރަމުންދޭ. މިއަދު މިވެނި ދުވަހެއްގައި ހާސިލުވާނެޔޭ ދަންނަވަން ދަތި. އެހެންނަމަވެސް ރައީސް މުޢިއްޒުގެ މި ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެއަށް ހަރުދަނާ ހައްލެއް އަންނާނެ،" ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނުގައި ޤާއިމު ކޮށްފައިވާ ކިއުގައި 9,000 މީހުން ތިބިކަން ސަރުކާރުން ފާހަގަކުރައްވައެވެ. އަދި ކޯވިޑާއި ގުޅިގެން ހައްޖަށް ގެންދިއުމަށް އޮތް ދަތިކަން މިހާރު ނެތްކަން ފާހަގަކުރައްވައި، އަންނަ އަހަރުން ފެށިގެން ކިއުއަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ ހާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކަށް އަންނަ އަހަރުން ފެށިގެން ލުއިތަކެއް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

15 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

29 ދުވަސް ކުރިން - 20:02

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

84 ދުވަސް ކުރިން - 15:01

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

89 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

95 ދުވަސް ކުރިން - 12:52

އެންވަޔަރަމަންޓް މިނިސްޓަރަކަށް އަލީ ޝަރީފް، އިސްލާމިކް މިނިސްޓަރަކަށް ޝަހީމް

އެންވަޔަރަމަންޓަށް އަލީ ޝަރީފް، އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް

102 ދުވަސް ކުރިން - 19:43