ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި އަހަރުގެ ރޯދަ މަހަށް ޚާއްޞަކޮށްގެން ކާށި ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ. އެސްޓީއޯއިން މިއަދު ހާމަކުރި ގޮތުގައި، މި ފުރަތަމަ ބެޗުގެ ކާށި ގެނެސްފައިވަނީ އިންޑިއާއިންނެވެ.
މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކާއްޓެއް ވިއްކާނީ އެންމެ ފަސްރުފިޔާ އަށެވެ.
މިހާރު ބާޒާރުގައި ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާއާއި 25 ރުފިޔާ އާއި ދެމެދުގައެވެ. އެހެންކަމުން، އެސްޓީއޯގެ މި އަގަކީ ބާޒާރުގެ އަގަށް ވުރެ ވަރަށް ބޮޑުތަން ދަށް އަގެއްކަން ފާހަގަ ކުރެވެއެވެ.
އެސްޓީއޯއިން އިތުރަށް ހާމަކުރި ގޮތުގައި، ރޯދައަށް ޚާއްޞަކޮށްގެން ގެނައި ލުނބޯ ޝިޕްމަންޓްވެސް މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ވިއްކަން ފަށާނެއެވެ.
ރޯދަ އާއި ދިމާކޮށް ތަކެތީގެ އަގު ކޮންޓުރޯލް ކުރުމަށްޓަކައި އެސްޓީއޯއިން ގެންނަ ތަކެތީގެ ތެރޭގައި ހިމެނެނީ:
1. އަސާސީ ކާބޯތަކެތި: ފިޔާ، ބިސް، އަލުވި، ކާށި، ކަދުރު
2. ތާޒާ ތަރުާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
3. ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
4. ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ









