ރާއްޖޭގައި ޑޮމެސްޓިކް ފަތުރުވެރިކަން ފުޅާކުރުމަށް އަމާޒުކޮށްގެން ބާއްވާ ޚާއްޞަ "ރަށު އެކްސްޕޯ" ފަށައިފިއެވެ. މި އެކްސްޕޯގެ ރަސްމީ ބޭންކިންގ ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ.

ފެބްރުވަރީ 13 އިން 15 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯއަކީ ދިވެހިރާއްޖޭގައި ޑޮމެސްޓިކް ޓޫރިޒަމް އިޝްތިހާރުކޮށް ކުރިއެރުވުމަށްޓަކައި ބާއްވާ ފުރަތަމަ އެކްސްޕޯއެވެ.

މި އެކްސްޕޯގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ޚާއްޞަ ޕްލެޓްފޯމެއް ގާއިމުކޮށްދޭނެއެވެ.