Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާޒިޔާ އާއި ވެލެންސިއާ އިން ޔޫތު ޗެމްޕިއަންޝިޕް ފެށުން ރަނގަޅުކޮށްފި

މާޒިޔާ އާއި ވެލެންސިއާ އިން ޔޫތު ޗެމްޕިއަންޝިޕް ފެށުން ރަނގަޅުކޮށްފި

ހުސައިން އިސްމާއިލް
481 ދުވަސް ކުރިން - 14 ފެބްރުއަރީ 2025 11:35
ފޮޓޯ: އެފްއޭއެމް
ފޮޓޯ: އެފްއޭއެމް
ޚުލާސާ

ވެލެންސިއާއިން ރޭ 2-0 ލަނޑުން ބުރު ބަލިކުރިއިރު މާޒިއާއިން ވަނީ 3-1 އިން އީގަލްސް ބަލިކޮށްފަ. މިއަދު ކުޅޭނީ އޮޑިއާއި ވިކްޓަރީ އަދި ޓީސީ އާއި ސަސް.

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުތަކުގައި މާޒިޔާ ސްޕޯޓްސް ކްލަބް އާއި ކްލަބް ވެލެންސިއާ އިން ކާމިޔާބުކޮށް، މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ރޭ ކްލަބް ވެލެންސިއާ އިން ވަނީ ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ލަހުފާން އަހުމަދު ޝަހީމް ވަނީ ވެލެންސިއާ އަށް ލީޑު ހޯދައިދީފައެވެ. ދެވަނަ ހާފު ނިމެން ކައިރިވަނިކޮށް އަހުމަދު ކައިން ވަނީ ވެލެންސިއާގެ ދެވަނަ ގޯލު ޖަހާފައެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި މާޒިޔާ އިން ވަނީ މުބާރާތުގައި އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ކްލަބް އީގަލްސް 3-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި މުހައްމަދު އިމާން އަހުމަދު ވަނީ މާޒިޔާ އަށް ލީޑު ހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މުހައްމަދު އިލާން އިމްރާން ވަނީ މާޒިޔާގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މާޒިޔާގެ ތިންވަނަ ގޯލު 60 ވަނަ މިނެޓުގައި ޖަހާފައިވަނީ އަނޫފް އަބްދުﷲ އެވެ. އީގަލްސްގެ ހަމައެކަނި ގޯލު ފެނުނީ މެޗުގެ 85 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ އީމާން މުހައްމަދު ވަހީދު އެވެ.

Advertisement

Advertisement 1

މި މުބާރާތުގައި ޖުމްލަ 9 ޓީމު ބައިވެރިވެފައިވެއެވެ. ގްރޫޕް އޭގައި ހިމެނެނީ އީގަލްސް، މާޒިޔާ، ވެލެންސިއާ، ބުރު އަދި ގްރީން ސްޓްރީޓްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ އޮޑި، ޓީސީ، ސަސް އަދި ވިކްޓަރީ އެވެ.

މިއަދު ވެސް ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ނުކުންނާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދެކޮޅަށެވެ.

އެފްއޭއެމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

7 ދުވަސް ކުރިން - 10:38

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

97 ދުވަސް ކުރިން - 16:47

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

100 ދުވަސް ކުރިން - 15:49

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

101 ދުވަސް ކުރިން - 16:28

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

130 ދުވަސް ކުރިން - 10:22

މިއޮތީ ފުރުސަތު! 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް ބާއްވަނީ

ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް

131 ދުވަސް ކުރިން - 17:18