Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޭޕް ކުރަން ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމުގެ ބާރު ތަންފީޛީ އިދާރާތަކަށް ދީފި

ވޭޕް ކުރަން ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމުގެ ބާރު ތަންފީޛީ އިދާރާތަކަށް ދީފި

އައިޝަތު ރުވާ ރިފްޢަތު
528 ދުވަސް ކުރިން - 13 ފެބްރުއަރީ 2025 12:57
ވޭޕް ކުރުމަކީ ޤާނޫނީ ކުށެއް.
ވޭޕް ކުރުމަކީ ޤާނޫނީ ކުށެއް.
ޚުލާސާ

މި ގަވާއިދުގެ ދަށުން ތަންފީޒީ އިދާރާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، އިޤްތިޞާދީ ސިޔާސަތު ތަންފީޒުކުރުމުގެ ޒިންމާ އެވަގުތަކު ހަވާލުކޮށްފައިވާ ވުޒާރާއާއި، ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތައް ހިމެނޭ.

ދުންފަތް ކޮންޓްރޯލްކުރުމުގެ އާންމު ގަވާއިދަށް ގެނެވުނު އިސްލާހަކާއި ގުޅިގެން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމުގެ ބާރު ތަންފީޛީ އިދާރާތަކަށް ދީފިއެވެ. މި ގަވާއިދުގެ ދަށުން، މިފަދަ އާލާތެއް ފެނިއްޖެނަމަ އިތުރު ކޯޓު އަމުރަކާއި ނުލައި އެތަކެތި ތަންފީޛީ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ.

މިދިޔަ ނޮވެންބަރު 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރެވުނެވެ. މިއާއި ގުޅިގެން، ދުންފަތް ކޮންޓްރޯލްކުރުމުގެ އާންމު ގަވާއިދުގައި ވޭޕާއި ގުޅޭގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖެއަށް އެތެރެކުރުން މަނާ މިފަދަ އެއްޗެއް ފެނިއްޖެނަމަ އެފަރާތެއް 2,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ އާލާތެއް ތަންފީޛީ އިދާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ހުރަސް އަޅައިފި ނަމަ، އާންމު ފަރުދެއްނަމަ 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ވިޔަފާރިއަކުން މިފަދަ ކަމެއް ކޮށްފިނަމަ، 100,000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވިޔަފާރި ހުއްދަ ބާޠިލުކުރުމަށް ހުށަހެޅޭނެއެވެ.

Advertisement

Advertisement 1

އެގޮތުން، މި ގަވާއިދުގެ ދަށުން ތަންފީޛީ އިދާރާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، އިޤްތިޞާދީ ސިޔާސަތު ތަންފީޛު ކުރުމުގެ ޒިންމާ އެވަގުތަކު ހަވާލު ކޮށްފައިވާ ވުޒާރާއާއި، ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތައް ހިމެނެއެވެ.

މީގެ އިތުރުން، މި އައު ގަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާތައް 14 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާޞްކުރަން ޖެހެއެވެ. އަދި މިގޮތަށް ޢަމަލު ނުކޮށްފިނަމަ، ދުންފަތުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލު ކުރުމުގެ ބާރު މިނިސްޓްރީ އޮފް ހެލްތަށް ލިބިގެން ވެއެވެ.

މި ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހޭނަމަ، އެކަމުގެ ޝަކުވާ މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމުގެ ފުރުޞަތު މައްސަލަ ރައްދުވާ ފަރާތަށް ލިބިގެންވެއެވެ. މިނިސްޓްރީން 15 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި ޖަވާބުދާރީ ވާންޖެހޭނެއެވެ.

ވޭޕްހެލްތު މިނިސްޓްރީމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

3 ދުވަސް ކުރިން - 09:28

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

8 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

9 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

11 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

11 ދުވަސް ކުރިން - 00:36