ތ. އަތޮޅު ވިލުފުށީގައި ހުރި ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު 12:05 ހާއިރު އެ ރަށުގައި ހުރި ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.