ސައްޙަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ތަޙުޤީޤަށް އަނެއްކާވެސް މީހަކު ހޯދަން ފުލުހުން މިއަދު އިޢުލާންކޮށްފިއެވެ.
ފުލުހުން ހޯދަމުން އަންނަނީ ޅ. ނައިފަރު، ސާތީ، އަނޫފް އަބްދުލްޣަނީ، 27 އެވެ.
ފުލުހުން ބުނީ އޭނާ ހޯދަން އިޢުލާންކުރީ އެންޓި-ސްކޭމް ސެންޓަރުން ތަޙުޤީޤު ކުރަމުން އަންނަ ސައްޙަ ނޫން ބޭންކް ސްލިޕް މުއާމަލާތެއްގެ ތަޙުޤީޤަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންވެ، މި މަހުގެ 18 ވަނަ ދުވަހު ހަވީރު 4:00 ގެ ކުރިން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އޭނާ ހާޒިރުވާން ފުލުހުން ވަނީ އަންގާފައެވެެ.
ސައްޙަ ނޫން ބޭންކް ސްލިޕުން ވިޔަފާރިކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އިއްޔެ ވެސް އިޢުލާންކުރިއެވެ.









