ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ޓަވަރު މަތިން ވެއްޓި މަރުވި މީހާގެ ފޮޓޯއާއި ހާދިސާގެ މަންޒަރުތައް އާންމުނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މިއަދު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މަރުވި މީހާގެ އާއިލާއަށް ހިތާމައެއް ލިބިފައިވާ މިފަދަ ވަގުތެއްގައި އާއިލާގެ އިހުސާސް ތަކަށް އިހުތިރާމު ކުރުމުގެ ގޮތުން ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ސްޓެލްކޯގެ ފްލެޓެއްގެ ނުވަވަނަ ފަންގިފިލާއިން ބިންމައްޗަށް ވެއްޓި މަރުވެފައި އޮއްވައި ފެނުނީ ހ. ގިނިރާހިއާގޭ، އިބްރާހިމް ޝަރީފް (31 އަހަރު) އެވެ. އިބްރާހީމް ޝަރީފްގެ ހަށިގަނޑު ފެނުނީ ސްޓެލްކޯ ޓަވަރު ސީގެ ބިއްދޮށް ފަޅީގައި އޮއްވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ބައެއް މަޢުލޫމާތުތަކުން ދައްކާގޮތުގައި، އިބްރާހީމް ޝަރީފް އިމާރާތުން ވެއްޓުނީ ރޭގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ފެނުނީ މިއަދު ހަވީރުވެފައި އޮއްވައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުގެ ކުރަމުންނެވެ









