މާލޭގެ ގެެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މ. ނިއުޕްލާޒާގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:11 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ނިއު ޕްލާޒާގައި އަލިފާން ރޯވިއިރު އިއްޔެ ހެނދުނު ވަނީ މާލޭގެ މާލޭގެ މ. ހައުސް ޕްލާޒާގައި ވެސް އަލިފާން ރޯވެފައެވެ. ޝީ ބިލްޑިންގް ކުރިމަތީގައި ހުންނަ ހައުސްޕްލާޒާގެ އަކީ މީހުން ނޫޅޭ ބާ އިމާރާތެކެވެ.









