Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގައި އާންމު ބޭސްތައް އުނދަގުލަކާއި ނުލައި ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފި

ރާއްޖޭގައި އާންމު ބޭސްތައް އުނދަގުލަކާއި ނުލައި ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފި

އައިޝަތު ރުވާ ރިފްޢަތު
532 ދުވަސް ކުރިން - 9 ފެބްރުއަރީ 2025 15:13
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް / ފޮޓޯ: ޚުލާސާ
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް / ފޮޓޯ: ޚުލާސާ
ޚުލާސާ

ބޭސް ހޯދަން ރައްޔިތުންނަށް ބައެއް ފަހަރު ދަތިވަނީ ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު ވަކި ބްރޭންޑެއްގެ ނަން ލިޔުމާއި، ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނެތް ބޭސްތައް ބޭސް ސިޓީގައި ލިޔާތީ.

ދިވެހިން އާންމުކޮށް ބޭނުންކުރާ ބޭސްތައް އެއްވެސް އުނދަގުލަކާއި ނުލައި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ދެއްވައިފިއެވެ.

ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް އެމްއެފްޑީއޭ އާއި ގުޅިގެން އެސްޓީއޯއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އާންމުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ވަރަށް އަވަހަށް އެކަށީގެންވާ ހައްލެއް ގެނައުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް ޝިމާދު ވިދާޅުވިއެވެ.

"ދިވެހިން ބޭނުންވާ އަސާސީ ބޭސްތައް ނުލިބިގެން އުޅެން ނުޖެހޭނެ ކަމުގެ ކަށަވަރުކަން އަޅުގަނޑު އަރުވަން," ޝިމާދު ވިދާޅުވިއެވެ.

Advertisement

Advertisement 1

ބޭސް ލިބުމުގައި ދިމާވާ ދަތިތަކުގެ ތެރޭގައި ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު ވަކި ބްރޭންޑެއްގެ ނަން ލިޔުމާއި، ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނެތް ބޭސްތައް ބޭސް ސިޓީގައި ލިޔުން ހިމެނޭ ކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. މި މައްސަލަތައް ހައްލުކުރުމަށް ޑޮކްޓަރުންނާއި ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ޝިމާދު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަދީފައިވާ ބޭހުގެ ލިސްޓުގައި ގާތްގަނޑަކަށް 4,000 ބާވަތެއްގެ ބޭސް ހިމެނޭ ކަމަށާއި، މުހިންމު ބޭހެއް މި ލިސްޓުގައި ނެތް ހާލަތެއްގައި އަދި އެކަމާއި ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިއްޖެނަމަ އެ ބޭސްތައް ރާއްޖޭގައި ރަޖިސްޓަރީކޮށް، އިމްޕޯޓުކުރަން މަސައްކަތްކުރާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ.

މި މައްސަލައަށް އޮތް އެންމެ ބޮޑު ހައްލަކީ ބޭސް ސިޓީ ލިޔާއިރު، ރާއްޖޭގައި ލިބެން ހުރި ބޭސްތަކާއި އޭގެ ޖެނެރިކް ނަން ޑޮކްޓަރުންނަށް އެނގުން ކަމަށް ޝިމާދު ފާހަގަ ކުރެއްވިއެވެލ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ ސަބަބުން އާންމުންނަށް ދިމާވެފައިވާ ދަތިތައް ފާހަގަކުރައްވައި، މި އަހަރު އިތުރު ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ޝިމާދު އިބްރާހިމްއެސްޓީއޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

44 ދުވަސް ކުރިން - 13:57

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

70 ދުވަސް ކުރިން - 15:22

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

އެސްޓީއޯއަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

85 ދުވަސް ކުރިން - 11:10

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

85 ދުވަސް ކުރިން - 11:00

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް؛ ފައިދާ 785 މިލިއަން

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 785 މިލިއަންގެ އާމްދަނީއެއް

94 ދުވަސް ކުރިން - 23:49

މަސް ދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި

މަސްދޯނިތަކަށް ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިފި

96 ދުވަސް ކުރިން - 13:50