ކޮންގޯގެ އިރުމަތީ ސަރަހައްދުގައި މިހާރު ހަތިޔާރު އެޅި ޖަމާޢަތްތަކާމެދު ހިނގަމުންދާ އަނިޔާވެރިކަމާއި، އިންސާނީ ޙައްޤުތަކާއި ޚިލާފު ބޮޑެތި ޖަރީމާތައް ތަޙުޤީޤުކޮށް އެކަންތަކުގެ ޙަޤީޤަތް ހޯދު،ަށް އދ އިން މިއަދު މިޝަނެއް އެކުލަވާލައިފިއެވެ.
އދ ގެ ކައުންސިލުން މިއަދު ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ކޮންގޯ ސަރުކާރުން ހުށަހެޅި ޤަރާރު ވަނީ ފާސްކޮށްފައެވެ.
މި ޤަރާރުގައި އެދިފައިވަނީ ކޮންގޯގެ އުތުރު އަދި ދެކުނު ކިވު ޕްރޮވިންސްތަކުގައި ފުޅާ ދާއިރާއެއްގައި ހިނގާ އިންސާނީ ހައްޤުތަކުގެ ޚިލާފު ޢަމަލުތައް ތަޙުޤީޤުކުރުމަށް މިނިވަން ޙަޤީޤަތް ހޯދާ މިޝަނެއް އެކުލަވާލުމަށެވެ.
ކަމާގުޅޭ ޤައުމުތަކާއި، މެންބަރު އަދި އޮބްޒާވަރު ޤައުމުތަކުގެ މަޝްވަރާތަކަށްފަހު، މި ޤަރާރު ވޯޓަކަށް އެހުމަށް ހަމަޖެހިފައިވީ ނަމަވެސް، އެއްވެސް މެންބަރު ޤައުމަކުން ވޯޓަކަށް އެދިފައިނުވާތީ، ކައުންސިލުގެ ރައީސް ޖުރްގް ލައުބަރ ވަނީ ވޯޓަކާ ނުލައި ޤަރާރު ފާސްވީ ކަމަށް އިޢުލާނުކޮށްފައެވެ.