އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވައްކަންކުރި ކަމުގެ ތުހުމަތުގައި 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ބުނީ ހޮސްޕިޓަލްގެ މުވައްޒަފެއްގެ ހުއްދައާއެކު އެތަނުގައި ހުރި އެލުމިނިއަމްތަކެއް ނެގި ކަމަށެވެ. ނަމަވެސް ހުއްދަ ދިން ފަރާތަކީ ކާކުކަން އޭނާއަށް ބުނެދެވިފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ހާދިސާ ރިޕޯޓުގައި އޭސީއެއްގެ ބައިތަކެއް ނަގަން އުޅުނު ކަމަށް ބުނެފައިވާއިރު، ތުހުމަތުކުރެވޭ ފަރާތުން ބުނެފައިވަނީ އެކަމުގައި ބައިވެރިނުވާ ކަމަށާއި، އެތަނަށް ދިޔައީ ރައްޓެއްސަކު ފެނިގެން ކަމަށެވެ.