Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރަޝިއާ އަށް ދަތިކުރަން 12 ޤައުމަކުން ޖީ7 ގައި މިއަދު އެދިއްޖެ

ރަޝިއާ އަށް ދަތިކުރަން 12 ޤައުމަކުން ޖީ7 ގައި މިއަދު އެދިއްޖެ

ހުސައިން އިސްމާއިލް
488 ދުވަސް ކުރިން - 7 ފެބްރުއަރީ 2025 20:03
ރަޝިއާގެ ތެޔޮ ސަޕްލައިކުރާ ބޯޓެއް: ޔޫރަޕްގެ 12 ޤައުމަކުން މިއަދު ރަޝިއާގެ ތެޔޮ ސަޕްލައިކުރާ އުޅަނދުތަކަށް ދަތިކުރުމަށް ޖީ7 ގައި އެދިއްޖެ.
ރަޝިއާގެ ތެޔޮ ސަޕްލައިކުރާ ބޯޓެއް: ޔޫރަޕްގެ 12 ޤައުމަކުން މިއަދު ރަޝިއާގެ ތެޔޮ ސަޕްލައިކުރާ އުޅަނދުތަކަށް ދަތިކުރުމަށް ޖީ7 ގައި އެދިއްޖެ.
ޚުލާސާ

މިއަދު ފޮނުވި ސިޓީގައި އެ 12 ޤައުމުން ޖީ7 އަށް ގޮވާލާފައިވަނީ ތެލުގެ އަގު ކޮންޓްރޯލްކުރުމުގެ ނިޒާމު ބޭނުންކޮށްގެން ރަޝިއާގެ އާމްދަނީ މަދުކުރުމަށް މަސައްކަތް ކުރުމަށް.

ރަޝިއާގެ ހަކަތައިގެ ވިޔަފާރިން ލިބޭ އާމްދަނީ މަދުކުރުމަށް ޔޫރަޕްގެ 12 ޤައުމަކުން ޖީ7 ގައި މިއަދު (7 ފެބްރުއަރީ 2025) އެދިއްޖެއެވެ.

ޗެކް ރިޕަބްލިކް، ޑެންމާކް، އެސްޓޯނިއާ، ފިންލެންޑް، އައިސްލެންޑް، އަޔަލެންޑް، ލެޓްވިއާ، ލިތުއޭނިއާ، ނޯވޭ، ޕޮލެންޑް، ރޮމޭނިއާ އަދި ސުވީޑަން ހިމެނޭ ގޮތަށް 12 ޤައުމަކުން ޖީ7 އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރަޝިއާގެ އާމްދަނީގެ ތިންބައިކުޅަ އެއްބައި އަދި އެކްސްޕޯޓްގެ ތިންބައިކުޅަ ދެބައި ލިބެނީ ހަކަތައިގެ ވިޔަފާރިން ކަމަށެވެ.

ޖީ7 ގައުމުތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުތަކުގެ ގްރޫޕެކެވެ. އެއީ އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނުވިލާތް، އިޓަލީ އަދި ޖަޕާނެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޖީ7 ބައްދަލުވުންތަކުގައި މަންދޫބުންގެ ގޮތުން ބައިވެރިވެއެވެ.

Advertisement

Advertisement 1

މިއަދު ފޮނުވި ސިޓީގައި އެ 12 ޤައުމުން ޖީ7 އަށް ގޮވާލާފައިވަނީ ތެލުގެ އަގު ކޮންޓްރޯލްކުރުމުގެ ނިޒާމު ބޭނުންކޮށްގެން ރަޝިއާގެ އާމްދަނީ މަދުކުރުމަށް މަސައްކަތް ކުރުމަށެވެ. މާނައަކީ ރަޝިއާއިން ޖެހޭނީ ޖީ7 އަށް ނުއަގުގައި ތެޔޮ ވިއްކާށެވެ. ނަމަވެސް މިއީ ރަޝިއާ އެދޭ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް އެމެރިކާ އަޑީގައި އޮވެ މި މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރު ރަޝިއާގެ އިޤްތިޞަދު ދުޔައީ ކުރިން ނުދާހާ ރަނގަޅު މިންވަރެއްގައި ކުރިޔަށެވެ.

މިއަދު ޖީ7 އަށް މިދެންނެވި ޤައުމުތަކުން ފޮނުވި ސިޓީގައި އެދިފައިވަނީ ރަޝިއާގެ ތެޔޮ އުފުލާ ބޯޓުތަކަށް ވެސް ދަތިކުރުމަށެވެ. އަދި އެކަމުގެ ބައިވެރީންނަށް ވެސް ދަތި ކުރުމަށެވެ.

ރަޝިއާޔޫރަޕިއަން ޔޫނިއަން
Ad
Ad

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ާތަސް

487 ދުވަސް ކުރިން - 04:54

ހަމަ ނުގަތީމަ ނިމުނި. ކުރިޔަށް އޮތީ ފިނި މޫސުން. ގަދަ ފިންޏައް ކެއްކުރެ ވެންޏާ ހަމަ ނުގަތީމަ އެވީ.🤣🤣🤣🤣

ގުޅޭ ޚަބަރުތައް

ދުނިޔޭގެ އެންމެ ވަރުގަދަ މިސައިލް ރަޝިޔާއިން ޓެސްޓްކޮށްފި

ދުނިޔޭގެ އެންމެ ވަރުގަދަ މިސައިލް ރަޝިޔާއިން ޓެސްޓްކޮށްފި

28 ދުވަސް ކުރިން - 13:37

ޔޫރަޕަށް ޙަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރު ރަޝިޔާ އިން ދީފި!

ޔޫރަޕަށް ޙަމަލާ ދޭންޖެހިދާނެ ކަމަށް ރަޝިޔާއިން އިންޒާރުދީފި!

53 ދުވަސް ކުރިން - 19:07

ހޯރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮވެއްޖެނަމަ ތެލުގެ ދަތިކަން ކުރިމަތިވެދާނެކަމުގެ އިންޒާރު އީޔޫގެ އެއާލައިންތަކުން ދީފި

ތެލުގެދަތިކަން ކުރިމަތިވެދާނެކަމުގެ އިންޒާރު އީޔޫގެ އެއާލައިންތަކުން ދީފި

60 ދުވަސް ކުރިން - 21:46

ރަޝިއާގެ ނިއުކްލިއާ ސަބްމެރީންތަކެއް ގްރީންލޭންޑް ކައިރިން ފެނިއްޖެ

ގްރީންލޭންޑް ކައިރިން ރަޝިއާގެ ނިއުކްލިއާ-ސަބްމެރިން ތަކެއް ފެނިއްޖެ

62 ދުވަސް ކުރިން - 18:42

އެކާޅީސް ހަށިގަނޑުގެ ބަދަލުގައި، ޔުކްރޭނަށް 1000 ހަށިގަނޑު

އެކާޅީސް ހަށިގަނޑުގެ ބަދަލުގައި، ޔުކްރޭނަށް 1000 ހަށިގަނޑު

62 ދުވަސް ކުރިން - 16:51

ޖާސޫސްކުރިކަމުގެ ތުހުމަތުގައި ރަޝިޔާއިން އިނގިރޭސި ޑިޕްލޮމޭޓަކު ބޭރުކޮށްލައިފި

ރަޝިޔާގައި ޖާސޫސް ކުރި އިނގިރޭސި ޑިޕްލޮމޭޓަކު ބޭރުކޮށްލައިފި

72 ދުވަސް ކުރިން - 06:11