ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް 24 އަހަރުގެ ޒުވާނަކު ހޯދުމަށް ފުލުހުން އިޢުލާންކޮށްފިއެވެ.
ފުލުހުން ހޯދަމުންދަނީ މުޙައްމަދު ތިބްޔާން ޝަހީން (24 އަހަރު)، ގ. ސީވޭވް / މާލެ އެވެ.
ފުލުހުން ބުނީ މުޙައްމަދު ތިބްޔާން ޝަހީން ހޯދަމުންދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އަދަބު ތަންފީޒުކޮށްދިނުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ ނުވަވަނަ ދުވަހުގެ 13:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެ މަޢުލޫމާތު ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.









