Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އޯޓިޒަމްއަށް މުޖްތަމަޢު ހޭލުންތެރިކުރަން ޖެހޭ- މެޑަމް ސާޖިދާ

އޯޓިޒަމްއަށް މުޖްތަމަޢު ހޭލުންތެރިކުރަން ޖެހޭ- މެޑަމް ސާޖިދާ

އާނާ ފަހީމް
579 ދުވަސް ކުރިން - 7 ފެބްރުއަރީ 2025 17:45
ފޮޓޯ: މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން.
ފޮޓޯ: މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން.
ޚުލާސާ

ކުދިންގެ ތަފާތުކަން ޤަބޫލުކޮށް، މުޖުތަމަޢުގެ އެއްބާރުލުމާއެކު އެކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރެވޭނެ މާޙައުލެއް ޤާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށް މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވި.

އޯޓިޒަމް ކުދިންނާއި މެދު މުޖުތަމަޢުގައި އޮންނަ ކުށް ހީތައް ފިލުވައިލުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް، ފަސްޓް ލޭޑީ މެޑަމް ސާޖިދާ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި އިއްޔެ ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ކުއްޖެއްގެ ކިބައިގައި ހުރި ތަފާތު ކަމަކާއެކު އެކުއްޖަކު ބަލައިގަންނަން ޖެހޭ ކަމަށާއި، މުޖްތަމަޢުގެ ހުރިހާ ގިންތިއަކުން އެކުދިންނަށް ލިބިދޭންޖެހޭ އެއްބާރުލުން ހޯދައިދީ، އަމިއްލަ ޙައްޤުތަކަށް ވަކާލާތު ކުރުމުގެ ފުރުސަތު ލިބިދޭ ފަދަ މާޙައުލެއް ޤާއިމްކުރަން ޖެހޭ ކަމަށެވެ.

އެކަމަނާގެ ވާހަކަފުޅުގައި، އޯޓިޒަމްގެ އެކި މައްސަލަތަކާއި އެކުވެސް ދިރިއުޅުން ކާމިޔާބު ކުރި އަދި މިހާރު ވެސް ދިރިއުޅުން ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދާ އެތައް ޝަޚްޞިއްޔަތެއް ފާހަގަކުރެވޭ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސް ނުވުމަށް ބާރުއަޅުއްވައި، އެ ކުއްޖާގެ ހުރި ޤާބިލުކަމެއް ދެނެގަނެ، އެ ރޮނގުން ފުރުޞަތުތައް މަގުފަހި ކޮށްދިނުމަށް އެކަމަނާ ގޮވާލެއްވިއެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ މިސަރުކާރުގެ އިޖުތިމާޢީ ޢަދުލުގެ ސިޔާސަތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް އިސްކަން ދެއްވާކަން ފާހަގަ ކުރައްވައި،، ވަޒީފާގެ މާހައުލުން ވެސް މި ފަދަ ކުދީންނަށް ޖާގަ ފަހިކޮށްދޭން ސަރުކާރުން ނިންމަވާފައި ވާކަން ހާމަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައި ވެއެވެ.

މެޑަމް ސާޖިދާ މުހައްމަދު
Advertisement
Advertisement

ގުޅޭ ޚަބަރުތައް

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

12 ދުވަސް ކުރިން - 11:00

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

80 ދުވަސް ކުރިން - 00:19

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

87 ދުވަސް ކުރިން - 18:45

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

123 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

127 ދުވަސް ކުރިން - 15:25

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

129 ދުވަސް ކުރިން - 16:02

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%