Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަކުނުދޫ އެއަރޕޯޓުގެ މަސައްކަތް މިއަހަރު ފެށޭނެ: މުއްޠަލިބު

މަކުނުދޫ އެއަރޕޯޓުގެ މަސައްކަތް މިއަހަރު ފެށޭނެ: މުއްޠަލިބު

އާނާ ފަހީމް
523 ދުވަސް ކުރިން - 7 ފެބްރުއަރީ 2025 17:39
މަކުނުދޫގައި އެއާޕޯޓު އަޅަން ނިންމާފައިވާ ސަރަހައްދުގެ ކުރެހުމެއް.
މަކުނުދޫގައި އެއާޕޯޓު އަޅަން ނިންމާފައިވާ ސަރަހައްދުގެ ކުރެހުމެއް.
ޚުލާސާ

މަކުނުދޫ އެއާޕޯޓޫގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިމުމުން ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ނުވަތަ އެމްޓީސީސީ މެދުވެރިކޮށް ނަމަވެސް، ރަންވޭ ހެދުމާއި ޓަރމިނަލް ހެދުންފަދަ ޢުމްރާނީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވި.

ހދ. މަކުނުދޫ އެއަރޕޯޓުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމުގެ ޔަޤީންކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ދެއްވައިފިއެވެ. މިކަން ވަޒީރު ހާމަކުރެއްވީ އިއްޔެ މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު މަކުނުދޫއަށް ވަޑައިގަތުމުން އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ އެއަރޕޯޓާ ގުޅިގެން ހުރި ބައެއް ޝުޢޫރުތައް ފާޅުކޮށްފައެވެ. ނަމަވެސް ވަޒީރު ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި،، އެއަރޕޯޓުގެ މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވަޒީރު ވިދާޅުވީ މަކުނުދޫ އެއަރޕޯޓުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އަދި އެ ރަށުގެ އެއަރޕޯޓު ސަރުކާރުން ތަރައްޤީކުރަނީ، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

"މަކުނުދޫގެ އެއަރޕޯޓަކީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. އަޅުގަނޑަށް ވެސް އިޙްސާސް ކުރެވުނު. މާލެއިން ކުޅުދުއްފުށްޓަށް އަންނަން މިޖެހެނީ. ކަނޑު ގަދަ ދުވަސް ދުވަހު ކުޅުދުށްފުށިން މި ރަށަށް އައުމަކީ ދަތިކަމެއް." ވަޒީރު ވިދާޅުވިއެވެ.

މަކުނުދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން މިހާރު ހިއްކައި ނިމިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ނިމުމުން ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ މެދުވެރިކޮށް ނަމަވެސް، ރަންވޭ ހެދުމާއި ޓަރމިނަލް ހެދުން ފަދަ ޢުމްރާނީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

2 ދުވަސް ކުރިން - 14:14

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއްތަލިބާއި ހައިކޮމިޝަނަރު ބައްލަވާލައްވައިފި

71 ދުވަސް ކުރިން - 22:37

ނޫސްވެރިކަމަކީ މީހުންގެ އަބުރަށް އަރައިގަނެ އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެންނުވާނެ: މިނިސްޓަރު މުއްތަލިބު

"ނޫސްވެރިކަމަކީ އަބުރަށް އަރައިގަނެ، ކުރާ ވިޔަފާރިއަކަށް ވެގެންނުވާނެ"

78 ދުވަސް ކުރިން - 13:14

ވިލިމާލޭގެ ފުނަގަސްތައް ނުކަނޑައި، އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި

ފުނަގަސްތައް ނުކަނޑައި ޓަވަރެއް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

80 ދުވަސް ކުރިން - 18:45

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

83 ދުވަސް ކުރިން - 17:01

"ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ވޯޓަކަށް ބަލައިގެނެއް ނޫން"

"ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ވޯޓަކަށް ބަލައިގެނެއް ނޫން"

91 ދުވަސް ކުރިން - 17:04