Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ގިނަ މަޝްރޫޢު މިއަހަރު

ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ގިނަ މަޝްރޫޢު މިއަހަރު

އާނާ ފަހީމް
528 ދުވަސް ކުރިން - 7 ފެބްރުއަރީ 2025 17:35
ހުރަވީ ސުކޫލް
ހުރަވީ ސުކޫލް
ޚުލާސާ

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ 134 މަޝްރޫޢު މިއަހަރު ކުރިއަށް ދާނެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ ތަޢުލީމީ ދާއިރާއިން މިއަހަރަށް ހުރި މުހިންމު ކަންކަން ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ ތަޢުލީމަށް ލޯބިކުރާ، ތަހުޒީބު މުޖުތަމަޢެއް ބިނާކުރަން ބޭނުންވާ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމެއްކަމުން، ޤައުމު އާރާސްތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރެވޭނީ، ޤައުމުގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކޮށްގެން ކަމަށެވެ.

މިގޮތުން ޕްރައިމަރީ ތަޢުލީމު ހަރުދަނާ ކުރުމަށް ޓެކްނިކަލް ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ދަރިވަރުން ކިޔަވާ މަންހަޖުގެ މަޢުލޫމާތުތައް އަލުން މުރާޖަޢަ ކުރުމާއެކު، މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރު ކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކުރިއަށް ގެންދެވޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓެވުމާއެކު، ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ހެލްޕްލައިންގެ ޚިދުމަތް މުދައްރިސުންނަށް ވެސް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ކޫލް ސްކޫލް" ޕްރޮޖެކްޓުގެ ދަށުން ސަރުކާރުން ހިންގާ ސްކޫލުތަކުގެ 3700 އަށްވުރެ ގިނަ ކްލާސްރޫމަށް މިއަހަރު އޭސީ ފޯރުކޮށްދީ، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ނިންމަން މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި ސާނަވީ ތަޢުލީމުދޭ އިތުރު ސްކޫލުތައް އެޅުމުގެ މަޝްރޫޢެއް މިއަހަރު ފެށުމަށްޓަކައި ތައްޔާރު ވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފާއިތުވި އަހަރު ޖުމުލަ 15300 އަށްވުރެ ގިނަ ދަރިވަރުންގެ މަތީ ތަޢުލީމު ހާސިލުކުރުމަށް 1.26 ބިލިޔަން ރުފިޔާގެ މާލީ އެހީ ދީފައިވާ ކަމަށެވެ. މީގެ އިތުރުން، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރު މުއްދަތުގެ ތަމްރީނުތަކަށް 1000 ފުރުސަތު ދެވިފައިވާ ކަމަށާއި، 640 އަށްވުރެ ގިނަ ސްކޮލަރޝިޕް ފުރުސަތު މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ފަހިކޮށްދެވިފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވީ، "ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުގައި ސްކޫލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ 134 މަޝްރޫޢު މިއަހަރު ކުރިއަށްދާނެ" ކަމަށެވެ.

މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ކުރިއަރައި، ދަރިވަރުންނަށް ލިބޭ ތަޢުލީމުގެ ފެންވަރު މަތިވެ، ޤައުމުގެ މުސްތަޤުބަލަށް ބޭނުންވާ ޤާބިލު ޖީލެއް ބިނާ ކުރުމަށް މަގު ފަހިވެގެން ދާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެޑިއުކޭޝަން މިނިސްޓްރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

1 ގަޑިއިރު ކުރިން - 13:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

3 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

4 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

4 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

6 ދުވަސް ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

7 ދުވަސް ކުރިން - 10:54