މާލެ އަތޮޅުގައި އޮންނަ ރީތިރަށް ރިސޯޓު ކައިރީގައި އޮތް ޔޮޓެއްގައި ރޯވެ، އެކަކު ފިހި ޔޮޓް އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން މިއަދު ބުނީ ރީތިރަށް ރިސޯޓާއި ފަސް މޭލު ދުރުގައި އޮތް "ނަވައިމާ" ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް މިިދިޔަ ބުދަ ދުވަހުގެ ފަތިހު ލިބިފައިވާ ކަމަށެވެ.
ޔޮޓުގައި އެ ވަގުތު ފަސް މީހަކު ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މި ހާދިސާގައި ޔޮޓު ވަނީ އަޑިއަށް ގޮސްފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
"ނަވައިމާ" އަކީ އޭޑީކޭ ކުންފުނިން ރާއްޖޭގައި އޮޕަރޭޓްކުރަމުން އަންނަ ލަގްޒަރީ ޔޮޓެކެވެ.









