Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އުރީދޫ މޯލްޑިވްސްއިން ހިއްސާއަކަށް 3.43 ރުފިޔާ ބެހުމަށް ނިންމައިފި

އުރީދޫ މޯލްޑިވްސްއިން ހިއްސާއަކަށް 3.43 ރުފިޔާ ބެހުމަށް ނިންމައިފި

ހުސައިން އިސްމާއިލް
490 ދުވަސް ކުރިން - 6 ފެބްރުއަރީ 2025 23:51
އުރީދޫ މޯލްޑިވްސްގެ މައި ޢިމާރާތް: މިފަހަރު އުރީދޫ މޯލްޑިވްސްއިން ހިއްސާއަކަށް 3.43 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައި.
އުރީދޫ މޯލްޑިވްސްގެ މައި ޢިމާރާތް: މިފަހަރު އުރީދޫ މޯލްޑިވްސްއިން ހިއްސާއަކަށް 3.43 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައި.
ޚުލާސާ

ހުށަހެޅިފައިވާ ޑިވިޑެންޑް ހިއްސާދާރުން ފާސްކޮށްފިނަމަ، މިއަހަރުގެ މާރިޗު މަހުގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ފެށޭނެ ކަމަށް އުރީދޫން ބުނި.

އުރީދޫ މޯލްޑިވްސްއިން 2024 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ 43 ލާރި ބެހުމަށް މިއަދު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން މައުލޫމާތު ދެއްވިގޮތުގައި، މި ޖަލްސާގައި 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާނެ އަދަދުގެ އިތުރުން 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ވެސް ވަނީ ފާސްކޮށްފައެވެ.

އެ ކުންފުނިން އިތުރަށް ބުނ ގޮތުގައި، 2024 ވަނަ އަހަރުގެ ޑިވިޑެންޑް ލިބޭނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ 18 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާއި ހަމައަށް އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

Advertisement

Advertisement 1

މީގެ އިތުރުން 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު 2025 ވަނަ އަހަރުގެ ފެބްރުއަރީ 21 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން އާންމުކުރާނެ ކަމަށާއި،. އަދި މިއަހަރުގެ މާރިޗު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރަށް ހުށަހަޅާ ޑިވިޑެންޑް އަދި އަހަރީ ރިޕޯޓު ފާސްކުރުމަށް ހިއްސާދާރުންނަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިން ބުނި، ހުށަހެޅިފައިވާ ޑިވިޑެންޑް ހިއްސާދާރުން ފާސްކޮށްފިނަމަ، މިއަހަރުގެ މާރިޗު މަހުގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ފެށިގެންދާނެއެވެ. އަދި އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 2025 ވަނަ އަހަރުގެ ފެބްރުއަރީ 22 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށްވެސް އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނެޓްވޯކް ދަށްވެ އަމަން ދޯދި އަދި އުދަރެސް ފުލެޓުތަކުގެ ރައްޔިތުންގެ ނުރުހުން އުރީދޫއާއި ދިރާގަށް

އާފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ނުރުހުން އޫރީދޫއާ ދިރާގަށް

102 ދުވަސް ކުރިން - 21:55

އުރީދޫގެ ސީއީއޯގެ މަގާމަށް ޝާދީ ގަވަސްމީ

އުރީދޫގެ ސީއީއޯގެ މަގާމަށް ޝާދީ ގަވަސްމީ

130 ދުވަސް ކުރިން - 14:16

އުރީދޫ އިން އެމްއެންޑީއެފަށް ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފި

އެމްއެންޑީއެފަށް ކަނޑުއަޑީގެ ހާއްސަ އިކްއިޕްމަންޓްތަކެއް އުރީދޫން ހަދިޔާކޮށްފި

135 ދުވަސް ކުރިން - 23:26

އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެގޮތް ހަމަޖައްސައިފި

އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެގޮތް ހަމަޖައްސައިފި

195 ދުވަސް ކުރިން - 17:07

އުރީދޫއިން އިމިގްރޭޝަން މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް!

އުރީދޫއިން އިމިގްރޭޝަން މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް!

246 ދުވަސް ކުރިން - 18:28

އުރީދޫ މަސްރޭސް ފަށަން ތައްޔާރުވެއްޖެ!

އުރީދޫ މަސްރޭސް ފަށަން ތައްޔާރުވެއްޖެ!

293 ދުވަސް ކުރިން - 11:16