މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ޓީމު އަވަސް ފިޔަވަޅުތަކެއް އަޅަމުންދާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދީފިއެވެ.

މި ޙާދިސާ ހިނގާފައިވަނީ ލޮނުޒިޔާރަތްމަގުގައި ހުންނަ ރަންފައުން ހާޑްވެއަރ ކައިރީގައިވާ ގ. ކުއްޅަވަށްދޮށުގޭގައި ކަމަށް ވެއެވެ. މި ވަގުތު އެ ސަރަޙައްދުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި ފުލުހުން ހަރަކާތްތެރިވަމުން ދެއެވެ.