އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސް ކުރުމަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު މަޝްވަރާކުރައްވައިފިއެވެ.
އިންޑިއާ ސަފީރު ޖީ. ބަލަސުބްރަމާނިއަމްއާއި ވަޒީރު ޑރ. މުއްޠަލިބް ބޭއްވި ބައްދަލުވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ތިލަމާލެ ބްރިޖުގެ މަޝްރޫޢު އަވަސްކުރުމުގެ އިތުރުން، ކުރިމަގުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އިތުރު މަސައްކަތްތައް ގުޅިގެން ކުރުމަށް ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
ބްރިޖުގެ މަޝްރޫޢުއާއި ގުޅޭގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހު ސަރުކާރުން ބުނީ 46.58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.









