މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ, އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކު، ފުނާޑު، އުޑުވިލާގެ، އަލީ ހަސަން، 34 އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ހެންވޭރު، ރޯޝަނީ ގޯޅިން މިއަދު ޕެޓްރޯލުކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށް ފަހުގައި ކަމަށެވެ.
އޭނާ ހުއްޓުވައި، ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 44 ރަބަރު ޕެކެޓާއި ދެ މޯބައިލް ފޯނުގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.









