މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ އައްޑާއަކުން ބަޔަކު ހައްޔަރުކޮށްފި އެވެ.
ކްރިނިމަލް ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގައި ހަތަރު މީހަކު ބަންދުކުރަން އަމުރުކޮށްފަ އެވެ. އެއީ، އެ އައްޑާ ހިންގާ މީހާ އާއި ފުލުހުން އެތަން ރެއިޑްކުރި އިރު ވަގުތު މަސްތުވާ ތަކެތި ބޯންވެގެން ގޮސް ތިބި ތިން މީހެކެވެ.
މާފަންނުގައި ހިންގަމުން އައި އެ ޑްރަގް އައްޑާއިން މަސްތުވާތަކެތި އަޅާފައިވާ ރަބަރު ޕެކެޓާއި އެކިކަހަލަ އާލާތްތައް ފެނިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން އެ ވިޔަފާރިގައި އިސްކޮށް އުޅުނީ ތ. ތިމަރަފުށި، އަންނާރުމާގޭ، މުހައްމަދު ސިޔާހް، 37 ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ އިރު، ސިޔާހު އަކީ ކުށުގެ ރެކޯޑާއި ބަންދު ރެކޯޑު ވެސް އޮތް މީހެކެވެ.
އެ މައްސަލައިގައި ހައްޔަރުކުރި އަނެއް ތިން މީހުންނަކީ ފުވައްމުލައް، ދޫޑިގަން، ލަންސިމޫގޭ، ޖިނާން އަނީސް، 39 އާއި ގއ. ކޮލަމާފުށި، ނިވައިދަށުގޭ، މުހައްމަދު ޝައުގީ ހުސައިން، 60 އަދި ރ. ދުވާފަރު، ޗަންޕާގޭ، މުހައްމަދު އަބްދުއްޝަކޫރު، 36، އެވެ.
އެ ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިނީ ހަތް ދުވަހެވެ.









