ބީޓީއެސްގެ ލީޑަރު ކިމް ނަމްޖޫން އޭނާގެ މިލިޓަރީ ޚިދުމަތުގެ ތަޖުރިބާ ފޭސްބުކް ލައިވް އަކުން ހިއްސާކޮށްފިއެވެ. ދެކުނު ކޮރެއާގެ ޤާނޫނުގައިވާ ގޮތުން 18 އަހަރު ފުރިފައިވާ ކޮންމެ ފިރިހެނަކު ވެސް 18 މަހާއި 21 މަހާއި ދެމެދުގެ މުއްދަތަކަށް މިލިޓަރީގައި ޚިދުމަތްކުރަން ޖެހެއެވެ. މިގޮތުން ބީޓީއެސްގެ މެންބަރުން ވެސް މިލިޓަރީގައި ބައިވެރިވާން ޖެހިފައި ވެއެވެ.
ބީޓީއެސްގެ 7 މެންބަރުންގެ ތެރެއިން މިހާތަނަށް ދެ މެންބަރުން ވަނީ އެމީހުންގެ މިލިޓަރީ ޚިދުމަތް ފުރިހަމަކޮށް އަނބުރާ އައިސްފައެވެ. ބާކީ ތިބި 5 މެންބަރުން މިއަހަރުގެ ތެރޭގައި އަންނާނެ ކަމަށް ބެލެވެއެވެ. ނަމްޖޫންގެ މިލިޓަރީ ޚިދުމަތް ނިމި އަނބުރާ އާދެވޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.
މިލިޓަރީ ޚިދުމަތުގެ ތަޖުރިބާ ހިއްސާކުރަމުން ނަމްޖޫން ބުނެފައިވަނީ މިހާރު ޚިދުމަތް ފުރިހަމަކޮށް އަލުން އަނބުރާ މުޖުތަމަޢުއަށް ނުކުމެވޭނެ ދުވަހަކަށް އިންތިޒާރުކުރެވޭ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މިލިޓަރީ ޚިދުމަތަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، ފުރަތަމަ މިލިޓަރީއަށް ވަންނައިރު އެކަން އިހުސާސް ވެސް ނުވާ ކަމަށެވެ.
"އާންމުންގެ ދިރިއުޅުމަކީ ކިހާ ފަސޭހަ އަދި އަރާމު ދިރިއުޅުމެއްކަން މިހާރު އިހުސާސްކުރެވޭ،" ނަމްޖޫން ބުންޏެވެ. އަދި މިލިޓަރީގެ ޚިދުމަތުގައި އާއިލާ އާއި ވަކިން އުޅެމުން އަންނަ ހުރިހާ އެންމެންނަށް ސެލިއުޓްކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ބީޓީއެސްގެ ފޭން ބޭސް އިން މިސް އިން މި ޚަބަރު ވަރަށް ބޮޑަށް ބަލައިގަނެފައިވާ ކަމާއި، ނަމްޖޫންގެ އަނބުރާ އައުމަށް ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމަށް ސޯޝަލް މީޑިއާގައި ފާހަގަކޮށްފައިވެއެވެ.






