Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބީޓީއެސްގެ ވޯލްޑް ޓުއާ ފޯރިއާއެކު ފަށައިފި

ބީޓީއެސްގެ ވޯލްޑް ޓުއާ ފޯރިއާއެކު ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
139 ދުވަސް ކުރިން - 11 އޭޕްރިލް 2026 23:54
ބީޓީއެސްގެ ވޯލްޑް ޓުއާގެ ފުރަތަމަ ކޮންސާޓް ކޮރެއާގައި
ބީޓީއެސްގެ ވޯލްޑް ޓުއާގެ ފުރަތަމަ ކޮންސާޓް ކޮރެއާގައި
ޚުލާސާ

ބޯކޮށް ވާރޭ ވެހެމުންދިޔަ ނަމަވެސް، ރަޝިޔާ، އެމެރިކާ އަދި ބްރެޒިލް ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި ސަޕޯޓަރުން ހިމެނޭހެން، 40،000އަށްވުރެ ގިނަ މީހުން މިކޮންސާޓްގައި ބައިވެރިވެފައިވޭ

ގާތްގަނޑަކަށް ހަތަރު އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، ކޭ-ޕޮޕްގެ ދުނިޔެ މަޝްހޫރު ބޭންޑް ބީޓީއެސް އިން އަލުން ފެށި ވޯލްޑް ޓުއާ ބަލާލުމަށްޓަކައި، އެތައް ހާސް ސަޕޯޓަރުންނެއް ބުރާސްފަތި ދުވަހު ދެކުނު ކޮރެއާގެ ސްޓޭޑިއަމަކަށް އެއްވެއްޖެ އެވެ.

ބޭންޑުގެ ހަތް މެންބަރުން ކަމަށްވާ އާރް.އެމް، ޖިން، ސޫގާ، ޖޭ-ހޯޕް، ޖިމިން، ވީ އަދި ޖަންގް ކޫކް މި ކޮންސާޓްގައި ހުށަހަޅައިދީފައިވަނީ އެމީހުންގެ ކުރީގެ މަޝްހޫރު ލަވަތަކާއި، އަލަށް ނެރުނު ފަސްވަނަ އަލްބަމް "އަރީރަންގް" ގެ ލަވަތަކެވެ. މިއީ ބޭންޑުގެ ހުރިހާ މެންބަރުން ދެކުނު ކޮރެއާގެ ގާނޫނީގޮތުން މަޖުބޫރު އަސްކަރީ ޚިދުމަތް ފުރިހަމަކުރުމަށްފަހު ބޭއްވި ފުރަތަމަ ޝޯ އެވެ.

ބޯކޮށް ވާރޭ ވެހެމުންދިޔަ ނަމަވެސް، ރަޝިޔާ، އެމެރިކާ އަދި ބްރެޒިލް ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި ސަޕޯޓަރުން ހިމެނޭހެން، 40،000 އަށްވުރެ ގިނަ މީހުންގެ ޖާގަ އޮންނަ މި ސްޓޭޑިއަމް އޮތީ މުޅިން ފުރިފަ އެވެ. މިއީ 2021-22 ގެ "ޕާމިޝަން ޓު ޑާންސް އޮން ސްޓޭޖް" ޓުއާ އަށްފަހު ބޭންޑުން ބާއްވާ ފުރަތަމަ ބޮޑު ޓުއާ އެވެ. ޓިކެޓް ނުލިބުމުގެ ސަބަބުން ސްޓޭޑިއަމަށް ނުވަދެވުނު ސަތޭކައަށްވުރެ ގިނަ ސަޕޯޓަރުންވެސް ކުޑަ ހިފައިގެން ސްޓޭޑިއަމް ބޭރުގައި ތިބީ ބޭންޑުގެ ލަވަތައް އަޑުއަހާލުމުގެ ބޭނުމުގަ އެވެ.

Advertisement

Advertisement 1

ބީޓީއެސްގެ ހަތް މެންބަރުންވެސް މިހާރު ވަނީ އަސްކަރީ ހިދުމަތް ފުރިހަމަކޮށްފަ އެވެ. އެންމެ ފަހުން ހިދުމަތުން ވަކިވީ 2025 ވަނަ އަހަރުގެ ޖޫން މަހު ސޫގާ އެވެ. ކޮނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޭނާ ހިދުމަތް ކުރީ ސީދާ އަސްކަރީ ކޭމްޕްތަކުގެ ބަދަލުގައި ސަރުކާރުގެ އެކި އިދާރާތަކުގަ އެވެ. ދެކުނު ކޮރެއާގެ ގާނޫނު ބުނާގޮތުން، އުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ ސިއްހަތު ސަލާމަތުން ހުރި ކޮންމެ ފިރިހެނަކު 21 މަސް ދުވަހުގެ އަސްކަރީ ހިދުމަތް ފުރިހަމަކުރަން ޖެހެ އެވެ. މިއީ އުތުރު ކޮރެއާގެ ނުރައްކާތަކުން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ.

ބޭންޑުގެ އާ އަލްބަމް "އަރީރަންގް" އަށް ނަން ދީފައިވަނީ ކޮރެއާގެ ގައުމީ ސަލާމުގެ ގޮތުގައި ބެލެވޭ ވަރަށް ގަދީމީ ފޯކް ލަވައަކަށް ނިސްބަތްކޮށެވެ. މި އަލްބަމް ބިލްބޯޑް 200 ޗާޓުގެ އެއްވަނަ ހޯދާފައިވާއިރު، އޭގެ ސިންގަލް "ސްވިމް" ވެސް ވަނީ ޗާޓުތަކުގެ ކުރި ހޯދާފަ އެވެ. ކޮރެއާ ބަހުން "ބަންގްޓަން ސޮންޔޮންދަން" ނުވަތަ ބީޓީއެސް އުފެދުނީ 2013 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ދެކުނު ކޮރެއާގައި ކުރިއަށްދާ މި ޝޯތަކަކީ އެމެރިކާ، ޔޫރަޕް އަދި އޭޝިއާ ހިމެނޭހެން ކުރިއަށްގެންދާ ބޮޑު ދަތުރެއްގެ ފެށުމެވެ. މި ދަތުރުގައި 2027 ވަނަ އަހަރުގެ ކުރީކޮޅު އޮސްޓްރޭލިއާއަށް ދިއުމަށް ހަމަޖެހިފައިވާއިރު، މި ޓުއާ ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗު މަހު ފިލިޕީންސްގެ މެނީލާގަ އެވެ. މާހިރުން އުންމީދުކުރާ ގޮތުގައި މި ދަތުރުން ކޮންމެ ކުއާޓަރެއްގައި އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީއެއް ލިބޭނެ އެވެ.

ބީޓީއެސް ބޭންޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

80 ދުވަސް ކުރިން - 11:23

100,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ބީޓީއެސް އިން އަލުން ސްޓޭޖަށް!

ލައްކައަށްވުރެ ގިނަ ސަޕޯޓަރުންނާއެކު ބީޓީއެސް އަލުން ސްޓޭޖަށް!

160 ދުވަސް ކުރިން - 01:49

ބީޓީއެސްގެ އާ ފެށުން: ހާއްސަ ކޮންސެޓާއި ޑޮކިއުމެންޓްރީ ނެޓްފްލިކްސްއިން މުޅި ދުނިޔެއަށް

ބީޓީއެސްގެ އެނބުރި އައުން ނެޓްފްލިކްސްއިން ދައްކަނީ

206 ދުވަސް ކުރިން - 20:44

މެކްސިކޯގައި ބީޓީއެސްގެ އިތުރު ޝޯތަކެއް ބޭއްވުމަށް އެ ގައުމުގެ ރައީސް އާއި ކޮރެއާގެ ރައީސަށް ސިޓީއެއް ފޮނުއްވައިފި

ބީޓީއެސް ޝޯތައް އިތުރުކުރަން މެކްސިކޯއިން އެދިއްޖެ

209 ދުވަސް ކުރިން - 22:08

ބީޓީއެސްގެ ބޮޑު ކަމްބެކް: 79 ކޮންސެޓާއެކު ބިލިއަން ޑޮލަރުގެ އާމްދަނީއެއް

ބީޓީއެސްގެ 79 ކޮންސެޓާއެކު ބިލިއަން ޑޮލަރުގެ އާމްދަނީއެއް

227 ދުވަސް ކުރިން - 23:52

ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށްފަހު ބީޓީއެސް އެނބުރި އަންނަނީ

ބީޓީއެސް ހަތަރު އަހަރަށްފަހު އެނބުރި އަންނަނީ

229 ދުވަސް ކުރިން - 22:07