އިރަށް އަޅުކަންކުރާ މީހުން ރާއްޖޭގައި ފާހަގަކުރަން އުޅުނު ޢީދު ސަރުކާރުން ހުއްޓުވައިފިއެވެ.
ޕޮންގަލް އީދުގެ ނަމުގައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް މި ޢީދު ފާހަގަ ކުރަން އުޅުމުން އެކަން ހުއްޓުވީ ސަރުކާރުން އެދިގެން ފުލުހުން ކަމަށް އެނގިފައި ވެއެވެ.
މިއީ އިންޑިއާގެ ތަމިލް ނާޑޫގައި ފާހަގަކުރާ ހިންދޫންގެ ޢީދެކެވެ. އެއީ އެމިހުން ޤަބޫލުކުރާ އިރުގެ ކަލާނގެ (ސޫރިޔާ) އަށް ޚާއްޞަ ކުރެވިފައިވާ ޢީދެކެވެ.
މުސްލިމުން ރަމަޟާން މަހަށް ފިޠުރު ޢީދު އަދި ޙައްޖުގެ އަޅުކަމާއި ވިދިގެން އަޟްޙާ ޢީދު ފާހަގަކޮށް، ރަސޫލާ އިބްރާހިމް (ޢަލައިހިއްސަލާމް) ގެ ޤުރުބާނީގެ ހަނދާން އައުކުރާއިރު، އިރުއަށް އަޅުކަން ކުރުމަކީ އިސްލާމީ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
ޕޮންގަލް ފެސްޓިވަލަކީ އާންމުކޮށް ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ މެދުތެރޭގައި އިންޑިއާގެ ތަމަޅަ މީހުންގެ މެދުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އެ މީހުންގެ ދީނީ ބޮޑު ފެސްޓިވަލެކެވެ.









